ޕްރިންސަސް އަމީރާ އަލް ތަވީލް ރާއްޖޭގައި

princess-ameera.jpg

ދުނިޔޭގެ އެންމެ ރީތި މުސްލިމް އަންހެނާގެ ލަގަބް ލިބިފައިވާ ޕްރިންސަސް އަމީރާ އަލްތަވީލް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދާ ކަމުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ ވެބްސައިޓެއްކަމުގައިވާ މޯލްޑިވްސް ފައިނޭންސް އިންބުނެފިއެވެ.

ޕްރިންސަސް އަމީރާ އަކީ ސައޫދި އަރަބިއްޔާގެ ވަލީ ޢަހްދު އަދި ބިލިޔަނަރެއް ކަމުގައިވުމުގެ އިތުރުން ވަރަށް ދީލަތި ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަލް ވަލީދު ބިން ތަލާލް ގެ އަނބިކަބަލުންނެވެ. އުމުރުފުޅުން 30 އަހަރުގެ އަމީރާ އަކީ ސައުދީ އަންހެނުން ބާރުވެރި ކުރުމަށާ އެ ކަބަލުންގެ ޙައްޤު ތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ. އަލްވަލީދު ބިން ތަލާލް ފައުންޑޭޝަންގެ ވައިސް ޗެއަރ ކަންވެސް ކުރައްވަމުން ގެންދަވަނީ މިކަމަނާ އެވެ. މި އަމަލު ތަކުގެސަބަބުން ޚާއްޞަ ކޮށް ސަޢޫދީ އަންހެނުންގެ އިޙްތިރާމާއި ލޯބި ވަރަށް ބޮޑަށް މި ކަމަނާ އަށް ލިބިފައި ވެއެވެ.

މި ކަމަނާ ވަނީ މީގެ ކުރިންވެސް ފިރިކަލުންނާއެކު 2009ވަނަ އަހަރުރާއްޖެ ވަޑައިގެންފައެވެ .އެ ދަތުރުފުޅުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ވަނީ  ވަލީދުއަށް ޢިއްޒުއްދީން ގެ ލަގަބު އަރުވާފައެވެ. އެގިވަޑައިގަންނަވާނެފަދައިން ވަލީދު ބިން ތަލާލް އަކީ ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާ ގައި ވީ ގެއްލުން ތަކަށް ވަރަށް ދީލަތި ކަމާއެކު އެހީވެދެއްވި ބޭފުޅެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top