ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި, ކުއްލި ގޮތަކަށް މަރުވި 21 އަހަރުގެ ދިވެހި ޒުވާނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ބ. އަތޮޅުގައި ހިންގަމުން ރިސޯޓެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މި މަހުގެ 23 ގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމާއި މަރުވި މީހާ ބެހޭ ގޮތުންނާއި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ޒުވާނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، މި މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.






