އައިއެސް އަށް ނިސްބަތްވާ ދިވެއްސަކު ރާއްޖެއިން ހައްޔަރުކޮށްފި

MPS.jpeg

ރާއްޖޭގެ ފުލުހުންނާއި އެފްބީއައި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއިން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންނާއި އެފްބީއައި އާއި ޔޫރޮޕިއަން ޔޫނިއަން ނޭޝަންގެ ދެ އޮތޯރިޓީއެއް ގުޅިގެން ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރު ފަތުރައި، އައިއެސް ޖަމާއަތުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގާ 30 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ރާއްޖެއިން ހައްޔަރު ކޮށްފައިވާ މީހާއަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭން ހިންގާ މީހެއްކަމަށާއި، އަދި ހައްދުފަހަނަ އަޅާފައިވާ ހަރަކާތްތައް ހިންގާ މީހެއް ކަމަށެވެ. އަދި ޔޫރަޕްގައި ޓެރަރިސްޓު ހަމަލާތައް ހިންގުމަށް ގޮވާލުމާއި ޔޫރަޕްގެ ލީޑަރުންނަށް ހަމަލާދިނުމަށްވެސް އޭނާ ވަނީ ގޮވާލާފައި ކަމުގައެވެ.

“ތަހުގީގުން އެނގުނު ގޮތުގައި އެމީހާއަކީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އެހަރަކާތްތައް ކުރިއަށް ގެންދަމުންދާ ފަރާތެއް،” ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ސީބީއައި އާއި ޔޫރޮޕިއަން ޔޫނިއަން ނޭޝަންގެ ދެ އޮތޯރިޓީއެއް ގުޅިގެން ކުރިއަށްގެންދާ ކަމަށާއި އެ މައްސަލަ ބަލަމުންދަނީ ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު ހިމެނޭ ނޫސްބަޔާނެއް އާންމުކުރައްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top