މުވައްސަސާތައް ނުކުމެ ރަށުތެރެ ސާފުކޮށްފި

32459383_1031714816982493_9166455645644259328_n.jpg

ރަށުތެރެ ސާފު ކުރުމުގެ މަސައްކަތުގައި - ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

އޭދަފުށީގައި ހުމާއި ޑެންގީ ފަދަ ރޯގާ ފެތުރުން މިދުވަސްވަރު އިތުރުވަމުން ދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން އޭދަފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމާއަތްތައް ނުކުމެ ރަށުތެރެ ސާފު ކޮށްފިއެވެ.

ޑެންގޫ ފަދަ ބަލިތަކަކީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކަކަށް ވާތީ މަދިރި ނައްތާލުމަށް ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަދިރި އުފެދޭ ތަންތަން ނައްތާލުން ކަމަށް ވާތީ އިއްޔެ އެކަނިވެސް ހަތަރު ޕިކަޕްގެ ކުނި އެކި ހިސާބުތަކުން ނެގުނު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވީ އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމާއަތްތަކުންވެސް ބައިވެރިވެ އެކަށީގެންވާ ތަރުހީބެއް ލިބުނު ކަމުގައެވެ.

ޑެންގޫއަށް އާއްމުންގެ ހޭލުން ތެރިކަމަށް އެދި ސިދުގީ ވިދާޅުވީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރު ވާތީ، ޑެންގީއާ މެދު ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިދިޔަމަހު ފަހުކޮޅު ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޑެންގީ ހުން އައުމުގެ އަލާމާތަކީ ގަދައަށް ހުންއައުމާއެކު ބޮލުގައި ރިއްސުމާ ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން އަދި ޕެނަޑޯލް ފަދަ އެއްޗެއް ބޭނުންކުރުމުންވެސް ހުން ނުފިލުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ އަވަހަށް ޑޮކްޓަރަކަށް ނުވަތަ ޞިއްޙީ އެހީތެރި އަކަށް ދެއްކުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top