ކިހާދޫ އާއި ދޮންފަނުގައި އިމާރާތް ކުރި މިސްކިތް މިސްކިތަ ހުޅުވައިފި

32191518_10157500923993009_88035752847343616_n.jpg

ކިހާދޫގައި އަލަށް އިމާރާތްކުރި މިސްކިތް -ފޮޓޯ : އިސްލާމިކް މިނިސްޓްރީ

ބ.ކިހާދޫ އާއި ދޮންފަނުގައި ސަރުކާރުން އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފިއެވެ. މި ދެރަށުގެ ދެމިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާޙިމް އަޙްމަދު އަދި އަލްއުސްތާޛު އަބްދުލް ޣަފޫރު އަޙްމަދު އެވެ.

މި ދެބޭފުޅުން މިސްކިތްތައް ހުޅުވައިދެއްވީ ބ.އަތޮޅާއި ރ.އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ދޮންފަނާއި ކިހާދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދޮންފަނުގައި އިމާރާތް ކޮށްފައިވާބިނާ މަސްޖިދުލް ހިދާޔަތު އަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާ ކިހާދުގައި އިމާރާތް ކޮށްފައިވާ މަސްޖިދުލް ތަޢާވުން އަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ދޮންފަނުގައި އަލަށް އިމާރާތްކުރި މިސްކިތް. ފޮޓޯ/އިސްލާމިކް މިނިސްޓްރީ

މި ބޭފުޅުން ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅާ ބެހޭ މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުގެ އެދިވަދައިގަތުމުގެ މަތިން މިސްކިތްތަކުގެ ހާލަތު ބެއްލުވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް ކަމުގައެވެ. .

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top