އޭދަފުށިން ގޯތިދޫކުރުން: 3 ދުވަސް ތެރޭ 500 ފޯމް، ކައުންސިލުން ދޫކޮށްފި

20200115_112045-1.jpg

ގޯއްޗަށް އެދޭ ފޯމް ފުރާނޭ ގޮތުގެ މައުލޫމާތު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ފާއިޒު އާންމުންގެ މިޙަކަށް ދެއްވާއިރު، ކައުންސިލްގެ ރައީސް ފަހަތުގައި، ގޯއްޗަށް އެދި މިހާތަނަށް 500 ފޯމް ދޫކޮށްފައިވޭ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ބ. އޭދަފުށިން ގޯއްޗަށްއެދި ހުށައެޅުމަށް އާދީއްތަދުވަހު ހުޅުވާލުމާ ގުޅިގެން މިހާތަނަށް ފައްސަތޭކަ އަށްވުރެ ގިނަ ރައްޔިތުން ފޯމް ނަގާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށި ކައުންސިލުން މިހެން ބުނީ ގޯތީގެ ފޯމް ދޫކުރެވޭ އަދަދާ ގުޅޭގޮތުން ބުދަދުވަހު ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާންއަށް އީވީން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. ތޮލާލް ވިދާޅުވީ މިދިޔަ ތިންދުވަހު ފޯމް ނަގަމުން އަންނަ ނިންބަތް އިންތިހާއަށް މަތިކަމަށާ، އިއްޔެގެ ނިޔަލަށް ފައްސަތޭކައަށްވުރެ ގިނަ ފޯމް ދޫކުރެވިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން މުވައްޒަފުން ސީދާ މިކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މިދިޔަ ދެތިން ދުވަހު ކުރިޔަށް މިގެންދަނީ. މަގްސަދަކީ ގޯއްޗަށް އެދި ފޯމް ނަގާށާއި، ފޯމް ހުށައެޅުމަށް އަންނަ ފަރާތްތަކަށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ކަންކަން ހަމަޖެހިގެން ދިއުން. އަނެއްކޮޅުން ފޯމް ފުރަން ދަތިވާ ފަރާތްތަކަށްވެސް ކައުންސިލުން ލަފާދެމުންވެސް ގެންދާނެ” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް މިއަދު އީވީއާ ވާހަކަދައްކަވަނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ތޮލާލް ވިދާޅުވީ ފޯމް ނެގުމަށްވުރެ މުހިއްމީ ވަގުތުގެ ކުރިން ފޯމްގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަކުރައްވައި، ކައުންސިލަށް ފޯމް ހުށައެޅުންކަމަށެވެ. އަދި އެންމެ ފަހު ވަގުތަށް މަޑުކޮށްފިނަމަ ލިބޭ ގެއްލުމެއްގެ ޒިންމާ ކައުންސިލުން ނެގެން ނޯންނާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

“މައުލޫމާތު ފުރިހަމަ ނުވެއްޖެނަމަވެސް ފޯމް އެބަ ބާތިލްވޭ، ލިޔެކިއުމެއް މަދުވިޔަސް ބާތިލްވާނެ. އެހެންވިމާ ކަމާބެހޭ މައުލޫމާތު ރަނގަޅަށް ހޯދާ ފަހުން ގެއްލުމެއް ނުވާނެކަން ކަށަވަރުކޮށް ފޯމް ހުށައެޅުމަކީވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް”

ތަފާތު އެކި މައްސަލަތަކާހެދި މިދިޔަ އަހަރު އޭދަފުށިން ދޫކުރުމަށް ސަރުކާރުން އަމާޒުކުރި 158 ގޯއްޗަށް އެދި ފުރުސަތު ހުޅުވާލި މިއީ ދެވަނަ ފަހަރެވެ. މިދިޔަ ސެޕްޓެމްބަރ މަހު ފުރަތަމަ ކުރި އިއްލާން 30 ގަޑިއިރު ފަހުން ބާތިލްކުރީ އިދާރީގޮތުން ބައެއްކަންކަން ފުރިހަމަ ނުވާތީ، ހައުސިން މިނިސްޓްރީން އެދިގެންނެވެ. ކައުންސިލުން ބުނީ މިފަހަރު އިއްލާންކުރީ އިދާރީގޮތުން އިތުރު މައްސަލައެއް ނެތްކަތް ހުރިހާ ގޮތަކުންވެސް ޔަގީންކޮށްފައިކަމަށެވެ. ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑިއަކަށް ހަމަޖައްސާފައިވަނީ 13 ފެބުރުވަރީ 2020 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top