ގަދަ 10 ހޮވާ އުސޫލަށް ބަދަލު ގެނެސްފި

DSCN5037.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންކޮޅެއް--އީވީ ފައިލް

ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، އޭލެވެލްގެ ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައި ވަކި އިމްތިހާނަކަށް ނުބަލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް ދިނުމުގައި އޭޕްރީލް/މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނަށް އެކަނި ބަލާ ގޮތަށެވެ.

އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ މިއަދު ވިދާޅުވީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ބެލުމަށްފަހު ގަދަ 10 އަކަށް ދަރިވަރުން ހޮވުމާއި އަދި ސްކޮލަޝިޕް ދޭއިރު އޭލެވެލްގެ ވަކި އިމްތިހާނަކަށް ނުބަލާގޮތަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި/ޖޫން އިމްތިހާނުގައި ބައިވެރިވި ނަމަވެސް، އޮކްޓޫބަރު/ ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވި ނަމަވެސް ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލަޝިޕް ދިނުމުގައި އެ ދަރިވަރުންނަށް ބަލާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ، ދަރިވަރުން ބައިވެރިވާނެ އިމްތިހާނު ދުވަސްވަރު ސްކޫލު މެދުވެރިކޮށް ބަލަމުންނެވެ. އެކަމަކު އެތަނުގެ އެދުމަކީ، އޮކްޓޯބަރު/ ނޮވެމްބަރުގެ އިމްތިހާނަށް ޖާގަ ހޯދަން މަސައްކަތް ކުރުމެވެ.

އޭ ލެވެލް އިމްތިހާނު ފަށާ ތާރީޚު އެޑެކްސެލް އިން ކުއްލިއަކަށް އަންނަ މަހަށް އަވަސް ކުރުމުން، ގިނަ ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިމްތިހާނު ބޭއްވުމަށް އެޑެކްސެލް އިން އެންމެ ފުރަތަމަ ނިންމީ، އަންނަ މެއި/ޖޫން އަށް ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ 26 އަށް އަވަސް ކޮށްފަ އެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top