ހައިމާކަކާއި ބޮބްކެޓެއްގެ ވެރިފަރާތް ހޯދަނީ

Untitled-1.jpg

އޭދަފުށީ ހުޅަނގު ކޮޅު ހިއްކި ބިމުގައި އޮތް ހައިމާކަކާއި ބޮބްކެޓެއްގެ ވެރި ފަރާތް ހޯދަން އޭދަފުށީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

މިކަމާ ގުޅިގެން މިއަދު ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނަނީ  ރަށުގެ ހުޅަނގު ކޮޅު ހިއްކި ސަރަހައްދުގައި (ރަޖިސްޓްރީ ނަމްބަރު ނެތް) ހައިމާކަކާއި ބޮބްކެޓެއް އެ ސަރަހައްދުގައި ބާއްވާފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެތަކެތި  އެހެން އޮވެ ގިނަ ދުވަސް ތަކެއް ވުމުން ހަލާކުވެފައިކަމަށާއި އޭގެ ވެރިފަރާތެއްވާނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަހަރައްދުން އެތަކެތި ނެގުމަށް ކައުންސިލުގެ އިއުލާނުގައި ވެއެވެ.

އެ މުއްދަތު ހަމަވުމުގެ ފަހުން އެ ސަރަހައްދުގައި އެތަކެތި އޮތްނަމަ ވެރިފަރާތެއްނެތް  އެއްޗެއްގެ ގޮތުގައި ކައުންސިލުން އެތަކެތި ނައްތާލާނެ ކަމަށް އިއުލާނުގައި ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top