އޭދަފުށީ އަންހެނުންގެ ކޮމެޓީން މޭކަޕް އަދި ހެޔަރ ސްޓައިލް ކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

viber_image_2022-11-07_20-54-50-913-1.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީން އަންހެނުންނަށް ހާއްސަ ކޮށްގެން  މޭކަޕް ކުރުމާއި ހެޔަރސްޓްއިލް ކުރަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ނިންމައިފި އެވެ.

އަންހެނުންގެ ކޮމެޓީން ބުނީ  މި ކޯސް ބޭއްވުމުގެ މަގްސަދަކީ މޭކަޕް ކުރުމާއި ހެޔަރ ސްޓައިލް ގެ ފަންނުގެ ކަނބަލުންނަކީ އޭދަފުއްޓަށް ވަރަށް ބޮޑަށް ބޭނުން ބޮޑު ކަމެއްކަމަށް މި ކޮމެޓީއަށް ފެނިގެންނާއި ގިނަ ކަނބަލުންގެ އެދުމާއެކު އެފުރުސަތު ތަނަވަސް ކޮށްދިނުން ކަމުގަ އެވެ.

 

 

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައިދެއްވަނީ މިކަމުގެ ތަޖްރިބާ އާއި އިލްމު ހުރި އަންހެން ބޭފުޅެއްކަމަށް ކޮމެޓީން މައުލޫމާތު ދެއްވި އެވެ.

ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 14 ވަނަ ދުވަހުގެނިޔަލަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top