ކިހަވައް ހުރަވަޅި ރިސޯޓަށް ރަނގަޅުއަގެއް ނުލިބުނު

55b52-View-from-ocean-800x482-800x482.jpg

ބ. އަތޮޅު ހުރަވަޅީގައި ހިންގަމުން އަންނަ ކިހަވައް ހުރަވަޅި ރިސޯޓް ވިއްކާލަން ހުށަހެޅުމުން އެކަށީގެންވާ އަގެއް ނުލިބުމުން އެރިސޯޓް ވިއްކާލުން މަޑު ޖައްސާލައިފިކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ )އިން ބުނެފިއެވެ.

އެމްޓީޑީސީގެ އިސް އޮފިޝަލަކު ވިދާޅުވިކަމަށް މިހާރު ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ ހިއްސާދާރުންނަށް އެކަށީގެންވާ ރަނގަޅު ފައިދާއެއް ދެވޭވަރުގެ އަގެއް ހުށަހަޅާފައި ނެތުމުން ޕްރޮޕޯސަލްތައް ބާތިލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ރަށް ގަންނަން ހުށަހެޅި ޕްރޮޕޯސަލްތަކުގެ އަދަދެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.

2006 ވަނަ އަހަރު ސަރުކާރުން ރިސޯޓު ހިންގަން 25 އަހަރަށް އެމްޓީޑީސީއަށް ކުއްޔަށް ދީފައިވާ ކިހަވައް ހުރަވަޅި ވިއްކާލަން ނިންމިއިރު، އެ ރަށުގައި ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން އަންނަނީ އެ ރިސޯޓު ހިންގަމުންނެވެ. އެ ކުންފުންޏަށް ކިހަވައް ހުރަވަޅި ކުއްޔަށް ދީފައިވަނީ އެމްޓީޑީސީންނެވެ.

ސަރުކާރުން އެ ކުންފުންޏަށް ރިސޯޓެއްގެ ގޮތުގައި ކިހަވައް ހުރުވަޅި ތަރައްގީކޮށް ހިންގަން 25 އަހަރަށް ކުއްޔަށް ދީގެން ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެމްޓީޑީސީން ބުނެއެވެ.

ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން ހިންގާ އަނަންތަރާ ކިހަވައް މޯލްޑިވްސް އަކީ ބ. ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ މަތީ ފެންވަރުގެ ހިތްގައިމު ރިސޯޓެކެވެ. އެ ކުންފުނިން އެ ރަށް ހުޅުވާފައިވަނީ ޑިސެމްބަރު 2010ގަ އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top