އެމްޕީ ސަލީމްގެ ފަރާތުން ރޯދައިގެ އިނާޔަތް އޭދަފުށީ ރައްޔިތުންނަށް

DSCN2514.jpg

މުހައްމަދު ވިސާމް. ގެއަކަށް ކާޑު ހިފައިގެން ދިޔަ ދަތުރު ނިންމާލުމަށްފަހު . ފޮޓޯ :އީވީ

މިއަހަރުވެސް ރޯދަ މަހުގެ އިނާޔަތެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ރެޑްވޭވް ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމުގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް ހަނޑުލާއި ހަކުރު އަދި ފުއް ދޫކުރަން ފަށައިފިއެވެ.

ކާޑު ދޫކުރަމުން ގެންދަނީ ސަލީމްުގެ މައިފުނަ ގެ ކަމުގައިވާ އޭދަފުށީ ދެވިނަގެއިންނެވެ.

ކާޑު ބެހުމުގެ މަސައްކަތުގައި އުޅޭ އޭދަފުށީ ފިހާޅޮހި މުހައްމަދު ވިޝާމް ބުނީ ކާޑު ދޫކުރަން ވަކި ގަޑި އެއް ހަމޖެހިފައި ނޯންނާނެ ކަމަށާއި ކޮންމެ މީހަކު ކޮންމެ ގަޑިއެއްގައި އައި ނަމަވެސް ހަމަޖެހިފައިވާ އުސޫލުން ކާޑުގެ ބާވަތްތައް ދޫކުރަމުން ގެންދާނެ ކަމުގައެވެ.

އޭނާ ބުނީ ގިނަ ބަޔަކު މިހާރު މި އިނާޔަތް ލިބިގެންފައިވާ ކަމުގައެވެ.

އަހުމަދު ސަލީމުގެ މަންމަ އައިޝަތު އަލީގެ ސީދާ ބެލުމުގެ ދަށުން ހިނގަމުން އަންނަ މި ސަދަގާތާ ބެހޭ ގޮތުން އައިޝަތު އަލީ ވިދާޅުވީ ރޯދަމަހަށް ޚާއްސަކޮށްގެން ދަރިންގެ ފަރާތުން މިކަހަލަ ކަމެއް ކުރުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމުގައެވެ. އަދި މިފަހަކަށް އައިސް މިހާ ފުޅާކޮށް މިކަން ހިނގަމުން އައިނަމަވެސް ކުރިންވެސް އެކި ސިފަސިފާގައި ތަނަވަސް ކަން ހުރި މިންވަރަކުން ޚާއްސަކޮށް ރޯދައަށް އިނާޔަތް ދެމުން އަންނަ ކަމުގައެވެ.

“ކާޑު އަޅަން ކޮންމެ ގެއަކުންވެސް އެއްޗެއް ހިފައިގެން އައުމުން އަޅުގަނޑުމެން މި އަޅައި ދެނީ. އެކަމަކު އެންމެ މަދުވެގެންވެސް ވައްތަރަކުން އަށާރަވަރަކަށް ކިލޯ އެޅޭ ވަރުގެ އެއްޗެއް ނުގެންނަ ނަމަ ބުނަން އެބަ ތަންކޮޅެއް ބޮޑު އެއްޗެއް ގެންނާށޭ . “އައިޝާ އަލީ ވިދާޅުވިއެވެ.

އައިޝަތު އަލީ އިތުރަށް ވިދާޅުވީ އޭދަފުށީ މީހުން ނޫން ނަމަވެސް ކޮންމެ ރަށެއްގެ މީހަކު އައި ކަމުގައި ވިޔަސް ކާޑު ދޫކުރާނެކަމުގައެވެ.

“ސަލީމު އަންގާފައި އޮތީ އައިހާ ބަޔަކަށް ދޫކުރަން . ވަކި ރަށަކަށް ވަކި މީހަކަށްވެސް ބަލަން ބޭނުންނުވާކަމަށް. ރަމަޟާން މަހުގެ 10 ވަނަ ދުވަހާ ހަމައަށް މި ކަން މެދު ކެޑުމެއްނެތި ކުރިއަށް ދާނެ .” ހަ ކުދިންގެ މަންމަ ވަރަށް އުފަލުން އިނދެ ވިދާޅުވިއެވެ.

ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ރޯދައަށް އޭދަފުށީ ރައްޔިތުންނަށް ފިޔާވެސް އަންނަނީ ބަހަމުންނެވެ. އެގޮތުން މިއަހަރުވެސް މިހާރުވަނީ ގެއަކަށް ބައި ބަސްތާ މަގުން ފިޔާ ބަހާ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top