މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަސް

މިއަހަރުގެ ދުނިޔޭގެ ސިއްހަތުދުވަހުގެ ޝިއާރާގުޅޭ ޕޯސްޓަރެއް. ރާއްޖޭގައި މިއަހަރު މިދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަނީ އޭދަފުށީގައި. / ފޮޓޯ: އިންޓަނެޓް

މިއަހަރުގެ ދުނިޔޭގެ ސިއްހަތުދުވަހުގެ ޝިއާރާގުޅޭ ޕޯސްޓަރެއް. ރާއްޖޭގައި މިއަހަރު މިދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަނީ އޭދަފުށީގައި. / ފޮޓޯ: އިންޓަނެޓް

މިއަދަކީ މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހެވެ. ދުނިޔޭގެ ސިއްހަތު ދުވަސް ނުވަތަ ” ވޯލްޑް ހެލްތް ޑޭ ” ގެ ނަމުގައި އެންމެ ފުރަތަމަ މިދުވަސްފާހަގަ ކުރެވިފައިވަނީ 1950 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހުއެވެ. އެއީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 7ވަނަ ދުވަސް ދުނިޔޭގެ ސިއްހަތު ދުވަހުގެގޮތުގައި ފާހަގަކުރުމަށް، 1948 ވަނައަހަރު ބޭއްވުނު، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ފުރަތަމަ ހެލްތުއެސެމްބްލީން ނިންމުމާ ގުޅިގެންނެވެ. މިގޮތުން ކޮންމެ އަހަރަކުވެސް މިދުވަސް ދިވެހިރާއްޖޭގައި އަންނަނީ ފާހަގަ ކުރަމުންނެވެ.

މިއަހަރު ދުނިޔޭގެ ސިއްހަތު ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރަން ސަރުކާރުން ހަމަޖައްސަވާފައިވަނީ އޭދަފުށީގައެވެ. ދުވަހުގެ މުނާސަބަތުގައި އޭދަފުށީގައި ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޚާއްސަ ޖަލްސާއަކާއި ، ދުވަހާ ގުޅޭ ޝިއާރު ފާޅުކުރުމުގެގޮތުން ބާއްވާ ހިނގާލުމަކާއި، ކުޑަކުދީންގެ ހަވީރެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިއަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އާއިމާރާތް ހުޅުވުންވެސް އޮންނާނެއެވެ. މި ހަރަކާތްތަކުގައި މިނިސްޓަރ އޮފް ހެލްތް ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށި ވަނީ ޒީނަތްތެރިކޮށް އަދި ދުވަހުގެ ޝިޢާރާގުޅޭ މައުލޫމާތު ހިމެނޭ ޕޯސްޓރާއި ބެނާފަދަ ތަކެތި ވަނީ ރަށުތެރޭގައި ބަހައްޓާފައެވެ.

މިއަހަރު ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިޢާރަކީ، ” ކުދި ސޫފި – ސިއްޙަތަށް ބޮޑު ނުރައްކަލެއް ” އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top