މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް އޭދަފުށީގައި

viber_image_2024-03-13_12-12-30-985.jpg

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބާއްވަމުން އަންނަ އިހްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް މާދަމާރޭ އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.

އޭދަފުށީ ކައުންިސލުން އާއްމު ކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި އޭދަފުށީ ކައުންސިލު ގުޅިގެން ބާއްވާ އިހްޔާ ޕްރޮގްރާމް މާދަމާރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

ބޮޑެތި އިނާމުތައްވެސް ހުށަހަޅާފައިވާ މި ފޯރަމަށް ވަޑައިގަތުމުގެ ދައުވަތު އޭދަފުށި ކައުންސިލުން ވަނީ އާއްމު ކޮށް ހުޅުވާލާފައެވެ.

އިހްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުބާއްވަމުން އަންނަ ފޯރަމެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މާލެއާއި ރާއްޖެތެރޭގައި މިފޯރަމްތައް ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top