ދަރަވަންދޫ ނަރުދަމާގެ މަސައްކަތް އަންނަމަހު ފެށޭނެ: އެމްޑަބްލިޔުއެސްސީ

GWORZXX8GlQw6soVl9ePbS7d8ZvK6zpR5ZvHXwwh.jpg

ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަމަހު ފެށޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ލިބޭކަމަށެވެ. އެހެންނަމަވެސް މަސައްކަތް ނުފެށި ލަސްވަމުން ދިޔައީ ކޮވިޑްގެ ހާލަތާ ގުޅިގެން، މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ނުލިބިގެންކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެކުންފުނިން ބުނި ގޮތުގައި ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށަން ބޭނުންވާ ހުރިހާ ސާވޭއެއް މިހާރުވަނީ ނިމި މަސައްކަތަށް ބޭނުންވާ ސާމާނުވެސް ލިބިފައެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް ގޭބިސީތަކާއި ސަރުކާރު މުއައްސަސާތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވެއެެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަން ގާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއް އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ހެދުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.

ދަރަވަންދޫގައި ފެނުގެ ނިޒާމްގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެހިދުމަތްވެސް އަންނަ އަހަރު ފޯރު ކޮށްދެވޭނެ އެވެ.

މި ސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ރަނގަޅު ނަރުދަމާ ނިޒާމު ގާއިމްކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top