އޭދަފުށި، މޮނިޓަރިން ހާލަތުން ނަގައިފި

IMG_20211023_174459165.jpg

އޭދަފުށި

އޭދަފުށީގައި ކޮވިޑްގެ ހާލަތު ގޯސްވެ ދެވަނަ ފަހަރު މޮނިޓަރިން އަށް ލުމަށްފަހު ހަތްދުވަސް ފަހުން މިއަދު މޮނިޓަރިން ހާލަތުން ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމަވައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭދަފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނީ މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށާ މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އޭދަފުށި، މޮނިޓަރިން ހާލަތުން ނެގިއިރު އަދިވެސް ރަށުގައި ކޮވިޑުބަލީގެ 46 މީހުން އެބަތިއްބެވެ. އަދި 18ރަށް މިވަގުތު ވެސް އޮތީ މޮނިޓަރިންގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top