”މާރެސް ޖަމިއްޔާއިން އަންހެން ވޮލީ މުބާރާތެއް ފަށަނީ

11041105_937318109672657_4434488287402474604_n.jpg

ބ.މާޅޮސް

އަންހެނުންނަށް ޚާއްސަކޮށްގެން ބ. މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) ގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބުމާރާތެއް އަންނަ ހުކުރުދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

އެޖަމިއްޔާއިން ބުނީ ބ. އަތޮޅުގެ ގިނަ ރަށްރަށުން މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވީނަމަވެސް އެރަށްރަށުގައި މިވަގުތު ތިބި އަންހެން ވޮލީކުޅުންތެރިން މަދުވުމާއި ދަތުރުފަތުރުކުރުމުގެ ދަތިތައްވެސް ހުރުމާއެކު މި މުބާރާތުގައި މިހާރު ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ މާޅޮހާއި ދަރަވަންދޫއާއި ކަމަދޫގެ އަންހެން ޓީމެވެ.

އަތޮޅުގައި އުފެދިފައި ތިބި މޮޅު ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައި ދިނުމާ އާކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗް18އިން 22 އާ ހަމައަށް މާޅޮހުގައެވެ.

މާރެސް ޖަމިއްޔާ އިން އަންނަނީ ވޭތުވެދިޔަ 9 އަހަރުން ފެށިގެން ފިރިހެން ޑިވިޜަންގެ ވޮލީ މުބާރާތެއް އަތޮޅަށް ހުޅުވާލައިގެން ބާއްވަމުންނެވެ. އެ މުބާރާތަށް ލިބެމުން އަންނަ ތަރުހީބު އަންހެން ވޮލީ މުބާރާތަށްވެސް ލިބޭނެކަމުގައި ޖަމިއްޔާ އުންމީދު ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top