ބ.އަތޮޅުގެ 20 ރަށް ވަރުވާއަށް ލިޔެދޭގޮތަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައިވަނީ ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވާ 20ރަށުގެ ބިޑްފޯމް މިމަހުގެ 28 ވަނަ ދުވަހާހަމައަށް ވިއްކުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
ފޯމު ގަތުމަށް ހުށަހަޅާ ސްލިޕް ފުރިހަމަކުރުމަށްްފަހު އެމިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެއިއުލާނުގައި ވެއެވެ. މި ސްލިޕް މިނިސްޓްރީން ލިބެން ހުރުމުގެ އިތުރުން އެމިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.
ވަރުވާއަށް ދޫކުރާ 20 ރަށް
• 1. ބ. ނެލިވަރުފިނޮޅު
• 2. ބ. ބަތަލާހުރާ
• 3. ބ. ބޯދާފުށި ފިނޮޅު
• 4. ބ. ކަށިދުއްފަރު ފިނޮޅު
• 5. ބ. އަހިވައްފުށި
• 6. ބ. އައިދޫ
• 7. ބ. ވަންދޫމާފަރު ފިނޮޅު
• 8. ބ. ވިނަނެތްފަރުހުރާ
• 9. ބ. މާފުށި ފިނޮޅު
• 10. ބ. މެދުފިނޮޅުގާތު ފިނޮޅު
• 11. ބ. ފިނޮޅުފަރު 16. ބ. ބޮއިފުށި
• 12. ބ. ދޮރުކަނޑު އުތުރު ހުރާ
• 13. ބ. ދޮރުކަނޑު ދެކުނު ހުރާ
• 14. ބ. ގާވިލިނގިލި
• 15. ބ. ގާގަޑުފަރުހުރާ
• 16. ބ. ބޮއިފުށި
• 17. ބ.މާއްޑޫހުޅުދޫ
• 18. ބ. ދަންދޫ
• 19. ބ. އުނޑޫދޫ 20. ބ. ވެޔޮފުށި
ބިޑް ފޯމެއްގެ އަގަކީ 20ރ. އެވެ. ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނޭ ތަނާއި ގަޑި މިނިސްޓްރީން ފަހުން އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.