އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލުތަކަށް ރަޖިސްޓަރީ ކޮށްދޭން އެދެފި

b_ViB4wv56sDDvDhKzmN130aIjY.jpeg

މާލޭ އުތުރުފަރާތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތައް

މާލޭ އުތުރުފަރާތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް އެދި ސަރުކާރާއެކު މަޝްވަރާކުރަން ފަށައިފި އެވެ.

މިކަމުގައި އިސްނަންގަވާފައިވަނީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން އެވެ.

ދުވަހު ނޫސް ”މިހާރު“ އަށް ޝާހީން ވިދާޅުވީ ކޮންމެ އަތޮޅެއްގެ އަތޮޅުގެ އަތޮޅު ފިހާރައާ އެކު، އެ ސަރަހައްދުގައި ހުރި އެހެން އަތޮޅުތަކުގެ ފިހާރަތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައިފައިވާ ކަމަށެވެ.

މި ފިހާރަތަކުން ލިބޭ އާމްދަނީ ކުރިން އަތޮޅުތަކަށް ސީދާ ފައިދާ ކުރި ނަމަވެސް، މިހާރު އެކަންވަނީ ހުއްޓިފަ އެވެ.

ޝާހީން ވިދާޅުވީ ކޮންމެ ފިހާރައެއް ނިސްބަތްވާ އަތޮޅަކަށް މާލީ ފައިދާ ވާނެ ގޮތަށް، މި ތަންތަނުގެ ރަޖިސްޓްރީ ބަދަލުކޮށްދޭންޖެހޭ ކަމަށެވެ.

މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.

ގއ. އަތޮޅު ކައުންސިލުން އިސްނައިގެން ކުރަން އުޅޭ މި މަސައްކަތުގައި ބައިވެރިވުމަށް ށ. އަތޮޅު ކައުންސިލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާ  ކުރިއަށް އޮތް ތަނުގައި ހުރިހާ އަތޮޅު ކައުންސިލްތަކުން ވެސް މި ކަމަށް އެއްބާރުލުން ދިނުމަށް ޝާހީން އެދިވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top