އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒު ބައިވެރިވާނެ

badminton-team-1.jpg

ބެޑްމިންޓަން މުބާރާތުގައި ބ.އަތޮޅު ތައުލީމީމަރުކަޒުގެ ފަރާތުން ބައިވެރިވާ ދަރިވަރުން. ފޮޓޯ : ބއތމ.

ބެޑްމިންޓަން އެސޯސިއޭޝަންއޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ 14ވަނަ އިންޓަރހައުސް ބެޑްމިންޓަން މުބާރާތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒު ބައިވެރިވާނެކަމަށް އެސްކޫލުން ބުނެފިއެވެ.

ސްކޫލްގެ 3 ޓީމް ބައިވެރިވާ މިމުބާރާތުގައި 19އަހަރުންދަށުގެ އަދި 14އަހަރުން ދަށުގެ ފިރިހެން ޓީމް އިވެންޓާއި އޯޕަން އިވެންޓްގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ޓީމް އިވެންޓާއި އޯޕަން އިވެންޓްގައި ބައިވެރިވާނެކަމަށް ސްްކޫލުން ބުނެއެވެ.

މި މުބާރާތް އޮންނަނީ މި މަހުގެ 18އިން 25 އަށް މާލޭދައެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން މި މުބާރާތުގައި 17 ސްކޫލް ވާދަކުރެއެވެ.

މުބާރާތުގައި ބައިވެރިވާ ކުޅުންތެރިން މާލެއަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top