ނާނާޕަޓޭކަރު: ފަގީރު ދަނޑުވެރިންނަށް އެހީވުމުގައި މިސާލެއް.

Nana-Patekar6.jpg

90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމްތަކުން މަޝްހޫރުވެގެންދިޔަ ބަތަލް ނާނާޕަޓޭކަރަކީ އަޖާއިބެއް ކަހަލަ ހިތްހެޔޮ ޚުލްގު ރަނގަޅު އަދި ބޭނުންޖެހިފައިވާ މީހުންނަށް ސަދަގާތްކުރުމުގައި ވަރަށް ކުރީގައިއުޅޭ މީހެކެވެ. ޚާއްސަކޮށް ފަގީރު ދަނޑުވެރިންނަށް އެހީވުމުގައި އޭނާއަށްވުރެ ކުރީގައި އުޅޭ މީހަކު ނެތްކަމަށް ވެއެވެ.

އިންޑިއާގެ ރަށްފުށުގައި ދަނޑުވެރިކަންކުރާ ބައެއް އާއިލާތަކަކީ ދަނޑުތަކަށް ބޭނުންވާ ފެން ނުލިބި ގިނަދުވަސްވާނަމަ އެކަމާ ދެރަވެ މާޔޫސްވެގެން ވަރަށް ގިނައިން އަމިިއްލައަށް މަރުވުމުގެ ނުބައި އާދަ އަށަގެންފައި ތިބި ބައެކެވެ. މިކަމުން އެއާއިލާތައް ސަލާމަތްކޮށްދިނުމުގެ ގޮތުން އޭނާ އެހީވަމުންދަނީ ހަމައެކަނި ފައިސާއަކުން ނޫނެވެ. ދާދިފަހުން އޭނާވަނީ އެފަދަ މީހުންގެ ދިރިއުޅުން ހަމައެކަނި ދަނޑުވެރިކަމަށް ބަރޯސާވުން ކުޑަކުރުމާއެކު ދަނޑުވެރިކަން ކުރުމާއެކު އެހެން މަސައްކަތެއް ކުރުމަށް ހިތްވަރު ދިނުމުގެގޮތުން ފަހާފޮށި ބޭނުންވާމީހުންނަށް ފަހާފޮށި ފޯރުކޮށްދީފައެވެ. އޭރުން އެންމެ ކުޑަމިނުން އެމީހުންނަށް ދުވާލު ފުރާގުގެ ގޮތުގައި ބޭނުންވާ ޕާން ކޮޅާއި ބަޓަރުކޮޅު ގަނެގެން މަސައްކަތުގައި މާޔޫސް ނުވެވި އުޅެވޭނެކަމުގައި ނާނާ ބުންޏެވެ.

Nana-Patekar-4

ނާނާޕަޓޭކަރ އުފައްދާފައިވާ ނާމް ފައުންޑޭޝަން އުފެއްދުމާއެކު އޭނާވަނީ 22 ކުރޯޑު ރުފިޔާ ދަނޑުވެރިންނަށް ސަދަގާތް ކޮށްފައެވެ. އަދި ފަހާފޮށި ހަދިޔާ ކުރުމުގެ ކުރިން އޭނާ ވަނީ 113 އާއިލާއަށް ކޮންމެ އާއިލާއަކަށް 15000 ރުޕީސްވެސް ވިދާރްބާ އަވަށުގެ ދަނޑުވެރިންނަށް ހަދިޔާ ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top