އޭދަފުށީގައި ހިލޭ ތިބެގެން ކިޔެވުމުގެ ފުރުސަތު

2365.jpg

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލް(އެމްއެމްއޭ) އިން މިއަހަރު އޭދަފުށީގައި ހިލޭ ގިނަ ކޯސް ތަކެއް ފެށުމަށް ހަމަޖެހި އެފުރުސަތު ހުުޅުވާލައިފިއެވެ.

ގިނަ އައުޓްރީޗް ސެންޓަރު ތަކާއެކު “މަކިޔަވާނީ ރަށުގަ” ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމާ ބެހެ ގޮތުން އެމްއޭއެމް ބިޒްނަސް ސްކޫލުގެ ޑައިރެކްޓަރ އޮފް އެކަޑަމިކްސް މުހައްމަދު ފިރާޒް ވިދާޅުވީ އޭދަފުށީގައި ގިނަކޯސްތަކެއް ހިންގަން ނިންމީ ބ އަތޮޅަކީ، ހާއްސަކޮށް އޭދަފުއްޓަކީ ތައުލީމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންގެންދާ އަދި ބ އަތޮޅަކީވެސް ފުޅާދާއިރާއެއްގައި މަތީތައުލީމުގެ ހިދުމަތް ލުއިގޮތަކަށް ވީހާވެސް ކައިރިން ލިބެން ޖެހޭނެ އަތޮޅެއް ކަމަށް ދެކޭތީއާ އެކު އެމްއޭއެމް ބިޒްނަސް ސްކޫލުގެ އަމާޒަކީ ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތް ހުރިހާ ކުދިންނަށްވެސް ފަހިވެގެން ދިއުން ކަމަށް ވެސް ފިރާޒް ވިދާޅުވި އެވެ.

“އަމާޒަކީ ހުރިހާ ކުދިންނަށްވެސް ރަށުގައި ތިބެގެން މަތީތައުލީމު އުގެނެވޭނެ ގޮތްވުން . ޒަމާނުންސުރެ އޭދަފުއްޓަކީ މަތީތައުލީމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެއް، ވީމާ އޭދަފުށީ އޯއާރުސީގައި އަޅުގަނޑުމެންގެ ކޯސްތައް އަބަދުވެސް ކުރިއަށްދާނެ،” ފިރާޒު ވިދާޅުވި އެވެ.

މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

  • އެޑްވާންސް ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް
  • ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް
  • ސެޓްފިކެޓް 3 އިން ބިޒްނަސް މެނޭޖްމަންޓް
  • އެޑްވާންސް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް
  • ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް
  • އެސޯސިއޭޓް ޑިގްރީ އިން ބިޒްނަސް މެނޭޖްމަންޓް
  • އެޑްވާންސް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެސޯސިއޭޓް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • ސެޓްފިކެޓް 3 އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
  • އެޑްވާންސް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
  • އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް

އެމްއެއެމް ބިޒްނަސް ސްކޫލުން ބުނިގޮތުގައި މި ކޯސްތައް ހިންގާނީ އެކަށީގެންވާ ވަރަށް ދަރިވަރުން ލިބުމުންނެވެ. އެގޮތުން ކޯސް ފަށާވަރަށް ދަރިވަރުން ލިބިއްޖެނަމަ ވަކި މުއްދަތެއް ބެލުމެއްނެތި ވީހާވެސް އަވަހަކަށް ކޯސްތައް ފަށާނެކަމަށް ކޮލެޖުން ބުންޏެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުގެ ކޯސްތަކުގައި ކިޔަވައިދެނީ ތަޖުރިބާ ހުރި ލެކްޗަރާއިންނެވެ. ކޯހާއިބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން ފޯމް ހުށައެޅުމަށް އޭދަފުށިން ނަމަ ގުޅުއްވާނީ 7977087 އަދި 9631111 އާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top