އަހަރު ނިމުނުއިރުވެސް ޓިކެޓް އަގުހެވެއްނުވި

26828556_10155547617973402_1317649870_o.jpg

އާސަރުކާރު ވެރިކަމަށް އައުމާއެކު ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ މިމަހުގެ 12 ވަނަ ދުވަހު ރައްޔިތުންނަށް އެންމެ ފުރަތަމަ ދެއްވި އުފާވެރި ޚަބަރަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ހެޔޮވެގެން ދާނެކަމުގެ އުފާވެރި ޚަބަރެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. ރައީސް ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

އެ ވައުދު ފުއްދުމަށް ފަސް ދުވަހަށް ވަނިކޮށް ސަރުކާރުން ވަނީ ވައުދުތައް ފުއްދާނެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ވިދާޅުވެފައެވެ. ބަންދު ދުވަސްތައް ނުހިމަނާ ގުނައިގެން ވެސް ސަރުކާރަށް 30 ދުވަސް ފުރިހަމަވެއްޖެއެވެ. އަހަރު ނިމި އާއަހަރަކަށް ކުރިމަތިލައިފި އެވެ. ޓިކެޓްގެ އަގު ހެވެއް ނުވެއެވެ.

ޓިކެޓް އަގުހެޔޮ ކުރުން ކުޑަކޮށް ލަސްވި ނަމަވެސް އެންމެ ފަހުގެ މަޝްވަރާތައް ނިމިފައިވާ ކަމަށާއި އެހެންކަމުން އަގަށް ބަދަލު ގެނައުން ދެން ލަހެއް ނުވާނެކަމަށް މިމަހުގެ 23 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އެދުވަހު އެކަމަނާ ވިދާޅުވީ އެކަން ލަސްވީ ގިނަ އޮފީސްތަކެއް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ހުރުމުން ކަމުގައެވެ.

ސަރުކާރުން މިކަމާބެހޭ ގޮތުން ފަހުން އިތުރު ވާހަކައެއް ނުދައްކަވައެވެ.

މިދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ޓިކެޓް އަގުހެޔޮ ނުކޮށް މާލީ ބޮޑު މަންފާއެއް ހޯދުމުގެ ބޭނުމުގައި ޓިކެޓް އަގު ހެޔޮކުރުން ލަސްކުރަނީ ކަމަށް ވެދާނެކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top