ކާދަރުޚާން މަރުވެއްޖެ

kader-khan.jpeg

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަދި ސްކްރީން ރައިޓަރ ކާދަރު ޚާން (ކާދަރޭ ) އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.

އިއްޔެއާއި އިހަށް ދުވަހުވެސް ކާދަރޭ މަރުވި ޚަބަރު ފެތުރިގެން ގޮސްފައިވެއެވެ.

ކާދަރޭ މަރުވި ކަބަރު މިފަހަރު ޔަގީން ކޮށްދީފައިވަނީ އޭނާގެ ފިރިހެން ދަރިފުޅުޅު ސަރްފަރާޒް އެވެ.

“އަހަރެންގެ ބައްޕަ އަހަރެމެންނާއި ވަކިވެގެން ހިނގައްޖެ. ބައްޕަ މަރުވީ އިއްޔެ ކެނެޑާގަޑިން 6 ޖެހިއިރު” އެނާ ބުނެފައިވެ އެވެ.

ކާދަރޭ މަރުވީ އޭނާގެ ދަރިންނާ އެކު ދިރިއުޅެމުން އަންނަ ކެނެޑާގެ ހޮސްޕިޓަލެއްގައި ވެންޓިލޭޓަރުގެ އެހީގައި އޮންނަތާ ހަތަރުވަރަކަށް ދުވަސް ފަހުންނެވެ.

އަފްޣާނިސްތާނަށް އުފަން ކާދަރޭގެ ފުރަތަމަ ހިންދި ފިލްމަކީ 1973ވަނަ އަހަރު ޔާޝް ޗޯޕްޅާގެ “ދާގް”އެވެ. މި ފިލްމާއެކު އޭނާ ވަނީ 300އަށް ވުރެ ގިން ފިލްމާއި 250އަށްވުރެ ގިނަ ފިލްމަށް ޑައިލޮގް ލިޔެދީފަ އެވެ. އޭގެ ތެރޭގައި ‘އާންކޭން’، ‘މޭ ކިލާޅީ ތޫ އަނާޅީ’، ‘ޖުޅުވާ’، ‘ބީވީ ތޯ އޭސާ’، ފަދަ ރީތި އެތައް ފިލްމެއް ހިމެނެއެވެ.

ކާދަރޭގެ ފިލްމީ ކެރިއަރުގައި 45 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އިރު އެންމެ ބޮޑަށް މަގްބޫލު ވެފައިވަނީ ޑޭވިޑް ދަވަން އާއި ގޯވިންދާ އާއެކު 80ގެ ފަހުކޮޅުން ފެށިގެން 90ގެ އަހަރުތަކުގައި ކުޅެފައިވާ ފިލްމްތަކުގަ އެވެ. ޝަކްތީ ކަޕޫރުއާއެކު ކުޅެފައިވާ ކޮމެޑިއަން ރޯލްތަކަކީ ވެސް މީހުން ބަލާ ފޫހި ނުވާނެ ރޯލްތަކެއްް ކަން ފާހަގަ ކުރެވިފައިވެއެވެ.

ކާދަރްޚާންގެ ޖަނާޒާގެ ކަންތައް ކުރިއަށް ދާނީ ކެނެޑާގެ ޓޮރޮންޓޯ ގައެވެ. އޭނާ މަރުވި އިރު އަންހެނުން ހާޖަރާ އާއި ދަރިފުޅު ޝަފްރާޒް އަދި ކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top