ޑރ. ޣަފޫރުގެ ކޮލަމް: ރީތިވެ، ގަޔާވެ އެ ބަސްކޮޅާ ހިތާވި ބަސްކޮޅެއް

hjhhh.jpg
1. ފިރުކިފައި، އެ އުއްމަތުގެ ކުޑަކުދިން މިސްކިތަށް ދާ އުއްމަތަކީ ނަސްރު ލިބިގެންވާ އުއްމަތެކެވެ. އެފަދަ މަންޒަރުތަކަކީ ވަރަށް ވެސް ރީތި އަދި ހިތަށް ފިނިކަމާއި ހަމޖެހުން ގެނެސްދޭ މަންޒަރު ތަކެކެވެ. 
2. މީހަކު ބުންޏެވެ. “ބަހެއް ނުބުނެވިގެން، ދުވަހެއްގައި ވެސް އަހަރެން ހިތާމައެއް ނުކުރަމެވެ. ނަމަވެސް، ބަހެއް ބުނެވުނީތީވެ، ފަހުން، އެކަމާ ހިތާމަކުރަން ޖެހުނު، އެތައް ފަހަރެއް ކުރިމަތިވެފައި އެބަ ހުއްޓެވެ.”
ދެން އޭނާ ގާތު ބުނެވުނެވެ. “ތިކަން ދަސްކުރީ ކާކު ގާތުން ހެއްޔެވެ؟”
“ނުފެންނަ، ކަނު މީހުން ގާތުންނެވެ.”
“އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ ކަނު މީހުންނަށް، ކަނު މީހުންނަށް މަގު ދެއްކޭ ހެއްޔެވެ؟”
“އާނއެކެވެ! ކަނު މީހަކު މަގު މަތިން ހިނގާފައި ދާ ގޮތާ މެދު ވިސްނައި ފިކުރުކޮށްލަ ބަލާށެވެ! އޭނާ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާނީ، އޭނާގެ ހިނގާ ދަނޑިބުރި، ކަނާތަށާއި ވާތަށް، ދެކޮޅަށް ދިއްކޮށް ހަލުވާލުމަށް ފަހު، ކުރިމަގު އޮތް ގޮތް ރަނގަޅަށް ބަލައި އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީން ވީމައެވެ. ބަހެއް ބުނުމުގައި ވެސް މިފަދައިން ކަންތައް ކުރަން ޖެހެއެވެ. ކުރިމަގު ރަނގަޅަށް ބަލާފައި ނޫނީ އެއްޗެއް ބުނުމަކީ ބުއްދިވެރި ކަމެކެވެ!” [މިތަނުގައި ‘ކަނު މީހުންނޭ ދެވަނަ ފަހަރަށް ބޭނުންކޮށްފައި ވަނީ މަޖާޒީ މާނައެއްގައި، ކަންކަން ނޭނގޭ ‘ކަނު’ މީހުންނަށެވެ!]
3. ބައްދަލުވެ، ވާހަކަ ދައްކަން ފެށުމުގައި ކޮންމެ ސަގާފަތަކަށް ވެސް ރީތި ގޮތްތަކެއް ވެއެވެ. އެއްބަޔަކު އެކަން ފަށަނީ ‘ހައި’ އޭ ބުނެފައެވެ. ‘ހައި’ގެ އަސްލު ގުޅެނީ ‘ހޭ’ އާއެވެ. ސަމާލުކަން ހޯދުމުގެ ގޮތުން ދިވެހިން ބައެއް ހިސާބުތަކުގައި ބޭނުން ކުރާ ‘އޭ’ ނުވަތަ އަނެއް ބައި ހިސާބުތަކުގައި ބޭނުންކުރާ ‘އޯއި’ ފަދަ މާނައެއް އޮތް ބަހެކެވެ.
ދިވެހިންގެ ސަގާފަތުގައި ބައްދަލުވުމެއް ފެށެނީ، އާންމު ގޮތެއްގައި، ސަލާން ގޮވާލަމުންނެވެ. ސަލާން ގޮވާލުމުގެ އަސްލު މާނަ ގުޅެނީ އަރަބި ބަހާއެވެ. އިސްލާމް ދީނުގެ ވެސް ކުރިއާއެވެ. ދެ މީހަކު ބައްދަލުވުމުން، އެކަކު އަނެކުގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަން ބުނެދިނުމުގެ ގޮތުންނެވެ. އާދެ، ހަނގުރާމައެއްގައި އެއްބަޔަކު ދީލާލައި ތަސްލީމު ކުރުމުގެ މާނައެވެ. މި މާނައާ ގުޅުވައިގެން، އަމާންކަމާއި ސުލްހަވެރިކަމުގެ މާނަވެސް ނެރެވެއެވެ. އެކަކު އަނެކަކުގެ ފަރާތުން ނުރައްކަލެއް ނެތް ނަމަ، ދެން އޮންނާނީ އަމާންކަމާއި ސުލްހަވެރިކަން ނޫން ހެއްޔެވެ. އާންމު ގޮތެއްގައި، އަދުގެ ސަލާން ގޮވާލުން ގުޅެނީ މި މާނައާއެވެ. އަމާންކަމާއި ސުލްހެވެރި ކަމުގެ މާނައެވެ. އެހެންވެ، ސަލާން ގޮވާލައި، އަމާންކަމާއި ސުލްހަވެރިކަން އޮތް ކަން، އަންގައިދޭ ގޮތެއްގައި ބައްދަލުވުމެއް ފެށުން ރީތި ކަމަށް ފެނެއެވެ.
4. ދަރިން ތިބުމުގެ ނިއުމަތް ލިބިފައި އޮތުމުގެ މާނައަކީ އިނބައަށް އިނބަގެ ހަށިގަނޑުން ބޭރުގައިވާ ހިތެއް ލިބިފައި ވުމެވެ. އެ ހިތް ހިނިތުން ވުމުން، އިނބަގެ ނަފްސުގެ އެންމެން ފުން މިނުން، އުފާވެރިކަން އުތުރި އަރައި، އިނބަގެ ތުންފަތް މައްޗަށް ވެސް ޚާލިސްަ އުފާވެރި، ހުރިހާ ހިތާމައެއް ފިލުވާލަނިވި ހިނިތުން ވުމެއް ގެނުވައެވެ. ހަމަ އެހެންމެ، އެ ހިތް ރޮއިފި ނަމަ، އިނބަގެ ނަފްސުގެ ތެރޭގައި ހިތާމައިގެ ސައިލެއް އުފެދި، އިނބަގެ ލޮލުން އެ ސައިލު ފައިބައި އިނބަ ވެސް ރޮއްވާލައެވެ.
5. އެއްދުވަހު މީދަލެއް ސިންގާއެއް ގާތު ބުންޏެވެ. “މަސް ދުވަހުގެ މުހުލަތެއް އަހަންނަށް ދެނިކޮށް ކަލޭގެ ދުވަސް ދުއްވާލަފާނަމެވެ.”
ސިންގާ ހީލާފައި ބުންޏެވެ. “މައްސަލައެއް ނެތެވެ. ނަމަވެސް، މަސް ދުވަހުގެ ތެރޭގައި އަހަރެންގެ ދުވަސް ދުއްވާ ނުލައިފި ނަމަ، އަހަރެން ކަލޭގެ ދުވަސް ދުއްވާލާ ނަމެވެ.” މިކަމާ މީދާ އެއްބަސް ވިއެވެ.
އެއް ހަފްތާ ފާއިތުވީ އިރު ވެސް، ސިންގާއަކާ މާ ބޮޑު ކަމަކާ ކުރިމަތިލާކަށް ނުޖެހުނެވެ. ނަމަވެސް، ދުވަސްތައް ފާއިތު ވަމުން ދިޔަ ދިޔަ ހެން، ސިންގާއަަކަށް އެކަމާ ނުވިސްނައި ނުހުރެވެއެވެ. އަބަދުވެސް ހުންނަނީ އެކަމުގެ ފިކުރުގައެވެ. ނުރައްކަލެއް ކުރިމަތިވެ، އޭނާގެ ހަލާކު ދާދި އަވަހަށް އަތުވެދާނެ ކަމުގެ ބިރު ހީކޮށްގެންނެވެ. ދެން، ދުވަހެއް ދުވަހަކުން، މިފިކުރު ބޮޑުވެ، އެންމެ ފަހުން ސިންގާއަށް ކެތް ނުކުރެވިގެން، އޭއްޗަށް ނަފްސާނީ ބައްޔެއް ޖެހި، އޭތި މަރުވިއެވެ!
މި ކުރު ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ވަރަށް ގިނަ ފަހަރަށް އިންސާނާ، އޭނާއަކީ ވަރުގަދަ ސިންގާއެއް ކަމުގައިވީ އިރުވެސް، އެކަމުގައި އެއްވެސް ހަގިގަތެއް ނެތް ބިރަކާ މެދު، ކަންބޮޑުވެ، ފިކުރު ކުރަން ހަދައިގެން، ހަޔާތުގެ މަގުގައި ކުރިއަށް ދިޔުމަށްޓަކައި ކުރަން ޖެހޭ ކަންކަން ނުކުރެވި، ބަލިވެ، ހަލާކުވެ ދެއެވެ. އެހެންވެ، ތިމާއާ ކުރިމަތިވާ ‘ޚިޔާލީ މީދާތަކާ’ މެދު، ކަންބޮޑު ނުވެ، ތިމާގެ ސިންގާ ޝަޚުސިއްޔަތު ކުރިއަށް ނެރެ، ތިމާގެ މަންޒިލު މަގުސޫދާ ހަމައަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރުމުގައި ދެމި ހުންނަން ޖެހެއެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top