ދަރަވަންދުއަށް އިސް މެޖިސްޓްރޭޓެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

big_oPY2kw0NxfoQfI8GcVns7DZau.jpeg

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަަށް އިސް މެޖިސްޓްރޭޓަރެއް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި އެވެ.

މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ މަހުގެ 11ވަނަ ދުވަހާއި ހަމައަށެވެ.

ދަރަވަންދޫގެ އިތުރުން ރާއްޖޭގެ ހަތް ރަށަކަށް އިސް މެޖިސްޓްރޭޓުން ހޯދަން ކުރި އިއުލާނުގެ މުއްދަތުވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ އިތުރުކޮށްފަ އެވެ.

ދަރަވަންދުއަށް އިސް މެޖިސްޓްރޭޓަރެއް ހޯދަން ޖޭއެސްސީ އިން އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 28ވަނަ ދުވަހެވެ.

އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރަ އަކީ 21،000 ރުފިޔާ އެވެ. އެލެވަންސްތަކާއެކު ޖުމްލަ މުސާރައަކީ 25،600 ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top