ރޯދަމަހުގެ ފުރިހަމަ ބިލުން ޑިސްކައުންޓު ދޭން ނިންމައިފި

big_65nKpVTkht8WxGaQP7Pr04dPw.jpg

ހުސްވި ރަމަޝާން މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފިއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިއަދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކަމަަށެވެ.

”މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ“ ފަހުމީގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކަރަންޓު ބިލަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމާފައިމިވަނީ އެޕްރީލް މަހުގެ ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔާފައި ވަނިކޮށެވެ.

ރައީސް މުއިއްޒު، މާޗު މަހުގެ ހަތަރުވަނަ ދުވަހު ބ. އަތޮޅުގެ އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގައި އާންމުކޮށް ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިފަހަރު ރޯދަ މަހުގައި އެހެން ނުވާނެ ކަމަށެވެ.

އެހެންވެ ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފައެވެ.

ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް ނިމިދިޔަ މާޗު މަހު ބިލު ލިބުނުއިރު މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top