މިއީ ދަތިހާލުގައި އުޅޭ އާއިލާތަކަށް ޒަކާތު ފަންޑުން އެހީވާންވީ ވަގުތު- ޑރ.ޝަހީމް

DSC_3787_resize-760x450.jpg

ޑރ.ޝަހީމް

ކޮވިޑް-19 އާގުޅިގެން ރާއްޖޭ އެއްކޮށް ހުއްޓި ގޭ ބަންދުގައި ތިބެން ޖެހުމުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު މިއީ ދަތުހާލުގައި އުޅޭ އާއިލާތަކަށް ޒަކާތު ފަންޑުން އެހީވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ.ޝަހީމް މިހެން ގޮވާލައްވާފައިވަނީ ރޭ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ޓްވީޓުގައި އެމަނިކުފާނު ގޮވާލައްވާފައިވަނީ މިއީ ރާއްޖޭގެ ޒަކާތު ފަންޑު ފުޅާ ދާއިރާއެެއްގައި އޮޕްރޭޓް ކުރަންވީ ވަގުތު ކަމަށާއި އެގޮތުން ވަޒީފާތަކުން ވަކިވާ މީހުންނާއި، ދަތިކޮށް އުޅޭ ޢާއިލާތަކާއި ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ މުސްލިމުންނަށް އެހީވާންވީ ވަގުތު ކަމަށެވެ.

އަދި މިސްކިތް ފަންޑުން ވެސް މިސްކިތްތަކާއި ގުޅޭ ކަންކަމުގައި އެހީވެވޭނެ ކަމަށް ޝަހީމްގެ ޓުވީޓުގައި  ވިދާޅުވިއެވެ.

އިސްލާމިކު މިނިސްޓްރީން ބަލަހައްޓަމުންދާ ޒަކާތު ފަންޑަކީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންކުރަމުން އަންނަ ފަންޑެކެވެ. މިހާތަނަށްވެސް އެ ފަންޑުން ގިނަ ބަޔަކަށް ވަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އެހީ ޕެކޭޖެއް މިހާރުވަނީ ތައާރަފް ކޮށްފައެވެ. އެހެންނަމަވެސް މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންކުރާ ކުންފުނިތަކަށް އެ ޕެކޭޖުން އިސްކަން ނުދޭނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top