ޓެކްސީ ތަކުގައި ކެމެރާ ހަރުކުރުން ލާޒިމް

271230_3_685d6a614051181ac355e2ecf6a88c626a3771f3_large.jpg

ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމް ކޮށް ޓެކްސީ ގަވާއިދު އާންމުކޮށްފިއެވެ.

ތްރާންސްޕޮޓް މިނިސްޓްރީން އިއްޔެ އާއްމު ކުރި ގަވާއިދުގައިވާ ގޮތުން މިހާރު ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރަން ޖެހޭނެއެވެ. ހަމަ އެއާއެކު އެ ކެމެރާއިން ރިކޯޑްކޮށް ކެމެރާއިން ކުރާ ރެކޯޑިންތައް މަދުވެގެން ތިން ދުވަސް ވަންދެން ބަހައްޓަން ޖެހެއެވެ.

މިގަވައިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައިވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހެއެވެއަދި ޓެކްސީ ކާރުތައް އެއާކޮންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ.

އެއާކަންޑިޝަން ކޮށްފައި ހުއްޓާ ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމައެކަން ދަތުރުކުރާ ފަރާތްތަކަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެއެވެ.

އާ ގަވައިދަށް މިހާރު ވަނީ “ޕްރައިވެޓް ހަޔަ” ގެ ޚިދުމަތް ދިނުމާ ބެހޭ ބައިވެސް އިތުރު ކޮށްފައެވެމިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ ޓެކްސީ ޑްރައިވަރުންގެ ޑިމާންޑްކުރުމުން، ޚިދުމަތުގެ އަގު ބޮޑުކުރުމަށް ވެސް ހުއްދަ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top