އެމްޕީ. ސަލީމް އެޑްމިޓް ކޮށްފި، ހާލު ސީރިއަސް އެއް ނޫން.

DSCN5390.jpg

އެމްޕީ ސަލީމް އޭދަފުށީގައި --އީވީ ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް ހާލު ސީރިއަސް ނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ސަލީމް އެޑްމިޓު ކޮށްފައި ވަނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ޕާޓީން މިކަން ހާމަކޮށް ބުނެފައިވަނީ ސަލީމް އެޑްމިޓްކުރީ ޓެސްޓު ތަކެއް ހެދުމަށް ކަމަށެވެ.

ޕީޕީއެމް އިން އިތުރަށް ބުނެފައި ވަނީ ސަލީމް ހާލު ސީރިއަސް ނޫން ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.

އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި ސަލީމް، ހޮސްޕިޓަލްގައި ސަލީމް އެޑްމިޓްކުރެއްވީ ހުން ގަދަވެެގެން ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ގަވާއިދުން ހަދަމުން އަންނަ މެޑިކަލް ޓެސްޓް ތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުދެވި ގިނަ ދުވަސްތަކެއް ވުމާއެކު އެ ޓެސްޓްތައް ހެދުމަށް ކަމަށެވެ.އެކަމަކު ހާލު ސީރިއަސް ނޫންކަމަށް އާއިލާއިންވެސް ބުނެއެވެ.

މަޝްހޫރު ރެޑްވޭވް ވިޔަފާރީގެ ވެރިޔާ، ސަލީމް އޭދަފުށީ ދާއިރާގެ މެމްބަރުކަން ކުރައްވާތާ މިއީ 3ވަނަ ދައުރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top