ކުރިއަށް އޮތް ތިންދުވަހު މޫސުން ގޯސްވާނެ- މެޓް .

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު، (މެޓް) އޮފީހުން ބުނެފިއެވެ.

ބައެއް މީޑިއާއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މި ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށެވެ

“ރާއްޖޭގެ ދެކުނުގެ ރަށްތަަކަށް މި ވިއްސާރައިގެ މާބޮޑު އަސަރެއް ނުކުރާނެ. އެކަމަކު ރާއްޖޭގެ އެހެން ހުރިހާ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ. އެކަމަކު އެއްވެސް ރަށަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ،” އޮފިޝަލު ވިދާޅުވި އެވެ.

މެޓްފޯކާސްޓް ބުނާ ގޮތުން ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ އެވެ. ވައި ޖެހޭނީ ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި 35 މޭލާއި 40 މޭލަށް ވައި ބާރުވާނެ އެވެ.

މިދުވަސްވަރަކީ ކޮވިޑް-19 އިގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ވެސް ކުރަމުންދާ ދުވަސްވަރަކަށް ވުމުން އާންމު ސާފުތާހިރު ކަމަށާއި މަދިރި ނުއުފެދޭހެން ފެން ހަރުލާ ފަދަ އެއްޗެހި ނުބެހެއްޓުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top