ކަރަންޓްގެއަގަށް ހެޔޮބަދަލެއް އަތުވެދާނެކަމުގެ އިޝާރާތެއް ރައީސްޔާމީން ދެއްވައިފި

14609035591358.jpg

ރައީސް ޔާމީން. ފޮޓޯ : ރައީސް އޮފީސް

އަތޮޅުތެރޭގެ ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް އަތުވެދާނެކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.

އިއްޔެ ރައީސް ޔާމީން ކަނޑުހުޅުދޫގައި އަލަށް ބިނާކޮށްފައިވާ މިސްކިތް ހުޅުވައިދެއްވުމަށް އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކަރަންޓްގެ އަގަށް އެންމެ ފަހުން ގެނައި ބަދަލު އަލުން މުރާޖަޢާ ކުރުމަށް އިކޮނޮމިކް ކައުންސިލަށް އަންގަވާފައިވާނޭ ކަމަށާއި އެކަން ނިމުމުން ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ގެންނާނެކަމުގައެވެ.

ރައީސް ވިދާޅުވީ ދިރާސާ ކުރުމުގެ މަސައްކަތް މިހަފްތާ ނިމުމުގެ ކުރިން ނިންމާލެވޭވަރުވާނެ ކަމުގައެވެ.

“އެތަކެއް ރައްޔިތުން އެބަތިބި މިކަމުގައި ތަކުލީފުގައި ތިބި. އަޅުގަނޑު މިފަހުން ރާއްޖެއިން ބޭރުގައި ހުއްޓާ ބައެއް ބިލްތައް މެންބަރަކު ފޮނުއްވީމާ އެ ބަލާފައި އަޅުގަނޑު އިކޮނޮމިކް ކޮމިޓީއަށް ދަންނަވައިފިން އެ ބިލްތައް އަލުން ބަލައި ދެއްވާށޭ. އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނެރެވި އަތްދަށުން ކަމެއް ގޮސްފައިހުރިއްޔާ އެކަން ބަލައިދެއްވާށޭ،” ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ “ކުރިއަށް މިއޮތް ހަފްތާގައި ރަނގަޅުގޮތެއް އަނެއްކާވެސް ކަރަންޓްގެ ކަންތަކުގައި ހަމަޖެހިގެން ދާނެ،” ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ކަރަންޓް އުފައްދަން ބޭނުންކުރާ ހަކަތައަކީ ތެޔޮކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު މައްޗަށް ދިއުމުން ކަރަންޓްގެ އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އެކަމުގެ ތަކުލީފު ނުލިބޭ ގޮތަކަށް އެކަން ކުރެއްވުމަށް ވިސްނަވާ ކަމުގައެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދާނަމަ ކަރަންޓްގެ އަގަށް ރަނގަޅު ބަދަލެއް އަންނަން ޖެހޭކަން މި ސަރުކާރުން ދެއްކިފައިނުވާކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.

ކަރަންޓްގެ އަގަށް އެންމެ ފަހުން ގެނައި ބަދަލު މުރާޖަޢާ ކުރަން އެކޮްނޮމިކް ކައުންސިލަށް މި އެންްގެވީ ރާއްޖޭގެ ބައެއް ރަށްރަށުގެ ރައްޔިތުން ކަރަންޓްގެ އަގުބޮޑުވެގެން މުޒާހަރާ ކޮށްފައިވަނިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top