މާލޭ މީހަކަށް ވީމާ ކުޅަނދު ހަމަވެފައި، ރަށެއްގެ މީހަކަށް ވީތީ ކުޅަނދު މަދުވާނެކަމަށް މިހާރު ގިނަދިވެހިން ގަބޫލެއް ނުކުރޭ: އެމްޕީ އަލީ

image_JP8VyCiyzVgmDcT.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން

މާލޭ މީހަކަށް ވީމާ ކުޅަނދު ހަމަވެފައި، ރަށްރަށުގެ މީހަކަށް ވީތީ ކުޅަނދު މަދުވާނެ ކަމަކަށް މިހާރު ގިނަ ދިވެހިން ގަބޫލެއް ނުކުރާކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

އެމްޕީ އަލީ މިހެން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލު އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒަކީ ވަށަފަރު ބޭފުޅެއްކަމަށް ބުނެ އެމްޑީޕީން ވަނީ މަލާމަތް ކުރައްވައިފައެވެ. ހަމައެހެންމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީވެސް ހިންނަވަރު ބޭފުޅަކަށްވުމުން އިދިކޮޅުގެ މަލާމާތުގެ ބަސްތައް ވެސް އަމާޒުވެފައިވެއެވެ.

އިއްޔެ އެމްޕީ އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަށަފަރެއް, ހިންނަވަރެއް ކިޔާނެ ކަމެއްނެތް ކަމަށާއި, ”ބޭފުޅިޒަމް“ އާއި، ”ރޭސިޒަމް“ ނުވަތަ ނަސްލީ ތަފާތުކުރުމަކަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެކަމަށެވެ.

”ވަށަފަރެއް، ހިންނަވަރެއް ކިޔާނެ ކަމެއްނެތް. މާލޭ މީހަކަށް  ވީމާ ކުޅަނދު ހަމަވެފައި، ރަށްރަށުގެ މީހަކަށް ވީތީ ކުޅަނދު މަދުވާނެ ކަމަކަށް މިހާރު ގިނަ ދިވެހިން ގަބޫލެއް  ނުކުރޭ. ބޭފުޅިޒަމްއާއި، ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ“ މެންބަރު އަލީ ވިދާޅުވިއެވެ.

ވޭތުވެދިޔަ ތަނުގައި އަތޮޅުތަކުގެ ރައްޔިތުން ދެރަކޮށްލުމުގެ ގޮތުން މުސްކުޅި ބަހެއްގެ ގޮތުގައި ”ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު މަދުވާނެ“ކަމަށް މާލޭ މީހުން ބުނެ އުޅެއެވެ. މި ބަސް ބޭނުންކޮށް އުޅުނީ ”ރާއްޖެތެރޭގެ“ މީހުންނަށް ކަންކަން އޮޅުން ނުފިލާތީކަމަށް ބުނެއެވެ. ”ކުޅަނދު“ އަކީ 25 މަދޮށީގެ ބަރުދަނެވެ. ނުވަތަ 5.8 ގުރާމުގެ ބަރުދަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top