އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ގޮތަށް ބަދަލު ގެނެސްފި

1508999368.jpg
އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ޕޭ ފްރޭމްވާކްގެ މިންގަނޑުތަކަށް ބަދަލު ގެނެސްފިއެވެ.

އިތުރު ގަޑީގައި ދޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ގެނައި ބަދަލުތަކުގައި ވާގޮތުން އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފައިވާނަމަ، އެ ހޭދަކުރި ވަގުތު އެ ދުވަހުގެ މަސައްކަތުގެ އަށް ގަޑިއިރު ގުނުމުގައި ހިމަނައިގެން ނުވާނެކަމަށް ބުނެފައިވެއެވެ.

އަމިއްލަ ވަގުތު ނޫންކަމަށް ބެލޭނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ވަގުތުތައްކަމަށް އެ ބަދަލުތަކުގައި ވެއެވެ. އެއީ ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ބެލުމަށްދޭ ވަގުތުތަކެވެ. އެ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތުކަމުގައި ނުބެލެވޭނެ ކަމަށް ބުނެފައިވެއެވެ.

އަލަށް ގެނައި ބަދަލުގައި ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ދެވޭނެ ދުވަސްތަކެއް ވެސް ވަނީ ކަނޑައަޅާފައިވެއެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް މަސައްކަތްކުރާ ދުވަސްތަކާއި މި ނިމޭ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތައްކަންވެސް މި ބަދަލުގައި ވަނީ ހިމަނާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top