މަންތާ ފެސްޓިވަލްގައި ފޮޓޯގްރަފީއާއި އާޓް މުބާރާތެއްވެސް ބާއްވަނީ

8thfilmfest-1024x536.png

ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މަހު 24ގައި ބ.ދަރަވަންދޫގައި ބާއްވާ މަންތާ ފެސްޓިވަލުގައި އާޓް ކޮމްޕެޓިޝަނަކާއި ފޮޓޯގްރަފީ އަދި މަންތާ ސްކަލްޕްޗާ މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.

މި މުބާރާތްތަކުގެ ތެރެއިން އާޓް ކޮމްޕެޓިޝަން އާއި ފޮޓޯގްރަފީ ކޮމްޕެޓިޝަން ހުޅުވާލާފައިވަނީ ސްކޫލް ކުދިންގެ ކެޓަގަރީ ގެ އިތުރުން އާއްމުންގެ ކެޓެގަރީވެސް ހިމެނޭ ގޮތަށް ކަމަށް މަންތާ ޓްރަސްޓް އިން ބުނެއެވެ. އެކަމަކު މަންޓާ ސްކަލްޕްޗާ (އުކާލެވޭ ތަކެތި ބޭނުންކޮށްގެން މަންތާ ސްކަލްޕްޗާ ހެދުން) ކޮމްޕެޓިޝަން ހުޅުވާލާފައިވަނީ ހަމައެކަނި މިއަތޮޅު ސްކޫލު ތަކަށެވެ.

ނޮވެމްބަރު 15 ވަނަ ދުވަހާ ހަމައަށް ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 15ވަން ދުވަހުގެ ނިޔަލަށެވެ. އާޓް ކޮމްޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ނޮވެމްބަރު 18ގެ ނިޔަލަށެވެ.

އާޓް ކޮންޕެޓިޝަންގެ ތީމަކީ “ދި އަންޑަވޯޓާ ވޯލްޑް” އެވެ. އަދި ފޮޓޯގްރަފީ މުބާރާތުގެ ތީމަކީ “އޯޝަން އެންޑް ނޭޗާ” އެވެ. މުބާރާތުގައި ސްމާޓް ފޯން އަދި ޑިޖިޓަލް ކެމެރާއިން ނަގާ ފޮޓޯވެސް ހުށަހެޅޭނެ އެވެ.

މި މުބާރާތުގ ފަނޑިޔާރުކަން ކުރައްވާނި ޕްރޮފެޝަނަލް އަންޑަވޯޓާ ފޮޓޯގްރާފަރުންނެވެ. ފަނޑިޔާރުން ގެ ޕެނަލުން ހޮވޭ ފޮޓޯތައް މަންތާ ފެސްޓިވަލުގައި އާއްމުންނަށް ދައްކާލާނެ އެވެ.

މި މުބާރާތްތަކުން ކޮންމެ ކެޓަގަރީ އަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ހޮވޭ ފަރާތްތަކަށްވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސްކޫބާ ޑައިވިން ތަޖުރިބާ ކުރުމާއި ސްނޯކްލިން ފީލްޑް ޓްރިޕާއި، އަދި ރިސޯތްތަކުންނާއި ގެސްޓްހައުންތަކުން ވެސް ތަފާތު އިނާމުތައް ހުށަހަޅައިފަ އެވެ.

މަޑީގެ ދަރިކޮޅު ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވާ މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުސަތުވެސް ލިބިގެންދިއުމުގެ އިތުރުން ގުދުރަތީ ދިރުންތަކާ މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދޭނެ އެވެ.

މުބާރާތްތަކުގެ އިތުރު މައުލޫމާތު ބ.އަޓޯލް މަންތާ ފެސްޓިވަލް 2018 ފޭސްބުކު ޕޭޖުން ލިބޭނެ ކަމަށް މަންތާ ޓްރަސްޓުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top