އޭދަފުށީގައި ގާއިމްކުރާ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ :ސާންތީ

big_15rHjgx6UZH2fCtpdHdgkLjEw.jpg

އޭދަފުށީގައި ފުޓްބޯލްޑިވެލޮޕްމަންޓް އޮފީހެއް ގާއިމް ކުރުމާބެހޭ ގޮތުން ބޭއްވި ބައްދަލުވުން ނިންމާލުމަށް ފަހު ޕީއެސްއެމް އަށް ސާންތީ މައުލޫމާތު ދެއްވަނީ - ފޮޓޯ :ޕީއެސްއެމް ނިއުސް

އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހެއް ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރު އިޙުސާން އަބްދުލްޣަނީ (ސާންތީ) ވިދާޅުވެއްޖެއެވެ.

ސާންތި މިހެން ވިދާޅުވީ އެފްއޭއެމުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ތަރައްގީކުރާ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީސް އޭދަފުށީގައި ގާއިމު ކުރުމާބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުންތައް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގަ އޭދަފުއްޓަކީ މުހިންމު ރަށެއްކަމަށާ ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީހެއް ގާއިމުކޮށް ޔޫތު ޑެވެލޮޕްމެންޓް ޕްރޮގުރާމް (ވައިޑީޕީ) ފެށުމުން ދިވެހި ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ގެނުވާނެ އެއްރަށަކަށް އޭދަފުށި ވެގެން ދާނެ ކަމުގައެވެ.

ފުޓްބޯޅައާ އޭދަފުއްޓާ އޮތް ގުޅުން ފާހަގަ ކުރައްވަމުން އޭނާ އޭދަފުށި ސިފަކުރައްވާފައި ވަނީ ދިވެހި ފުޓުބޯޅަ ކުޅުންތެރިން އުފައްދާ ހަބެއްގެ ގޮތުގައެވެ.

އޭދަފުށީގައި އަމިއްލަ ފަރާތަކުން ތަރައްގީ ކުރަމުން ގެންދާ ޓާފް ދަނޑުގެ މަސައްކަތަށް އަލި އަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ މިއިންވެސް ދައްކުވައިދެނީ އޭދަފުށީ ރައްޔިތުންގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ކަމުގައެވެ. ހަމަ މިއާއެކު އޭދަފުށީގައި ކުޅިވަރު ކުރިއެރުވުމަށް ހަދާފައިވާ ކޮމެޓީން އިސްނަގައިގެން ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިޔަށްގެންދާކަމީ އޭދަފުށީގައި ފުޓްބޯޅައަށް ހުންނަ ފޯރި މެދުނުކެނޑި ފެންނަމުން ދާކަމުގެ މިސާލެއްކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުއްޓާއެކު އަށް ޒޯނެއްގައި ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ފެށުމަށް އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ. މިއީ ފީފާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެފްއޭއެމުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top