ކޮވިޑް-19: މާލެއިން އިތުރު ދެ މީހަކު ޕޮޒިޓިވް !

edd4465fcf0339414fb74e8454e8a5cb.jpg

އެޗްޕީއޭއިން މާލޭގައި ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން

އިތުރު ދެމީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި އަދަދު 11 އަށް އަރައިފިއެވެ. މި އަދަދާއެކު މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް އެރީއެވެ.

އަލަށް ޕޮޒިޓިވް ވި ދެމީހުންނަކީވެސް މާލެއިން ކޮރޯނާވައިރަހަށް އިއްޔެ ޕޮޒިޓިވްވި ދެ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދެމީހުންކަމަށް އެފްޕީއޭ އިން މައުލޫމާތު ދެއްވަ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ޕޭޝަންޓް 30 އަކީ، ރޯގާގެ އަލާމާތްތަކާއެކު އިއްޔެ ފްލޫ ކްލިނިކަށް ދެއްކައިގެން ކޮރޯނާއަށް ޕޮޒިޓިވްކަމަށް ދެއްކި ޕޭޝާންޓް 27 ގެ ކްލޯސް ކޮންޓެކްޓެކެވެ.

އަދި ޕޭޝަންޓް 31 އަކީ، ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓް 28 ގެ ކްލޯސް ކޮންޓެކްޓެކެވެ.

އެޗްޕީއޭއިން ބުނީ ދެ މީހުންވެސް އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ތަފްސީލު އަންނަނީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top