އޭދަފުށީ ޓީމްގެ ފޯވާޑް ފާއްޓޭއަށް އަނިޔާވެ ކުޅުމާ ދުރަށް

17523042_1328962690519274_3988444895891982665_n.jpg

ފޯވާޑް ފާއްޓޭ. އެންޖަރީއަކާ ގުޅިގެން މިވަގުތުން ދަނީ ފަރުވާ ހޯދަމުން / ފޮޓޯ: ސައިނޯސާ ރާއި

އޭދަފުށީ ފުޓްބޯޅަ ޓީމްގެ އެއްނަމްބަރ ފޯވާޑް މުހައްމަދު ފާސިރު (ފާއްޓޭ) އަށް އަނިޔާވެ، ދުވަސްކޮޅަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ.

ފާއްޓެއަށް އަނިޔާވީ މިދިޔަ ބްރާސްފަތިދުވަހު މިނިވަން ޗެންޕިއަންޝިޕް ޒޯން 3 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި އޮޅުވެލިފުއްޓާ، އޭދަފުށި ބައްދަލުކުރި މެޗްގައެވެ. އޭދަފުށީ ޓީމްގެ ކޯޗް ބައްޓޭބުނީ އޮޅުވެލިފުށި މެޗްގައި ފާއްޓޭ ބަދަލުކުރަންޖެހުނީވެސް އަނިޔާވެގެންކަމަށާ، އަނިޔާ ސީރިއަސްނޫންނަމަވެސް ދުވަސްކޮޅަކަށް ކުޅުމާ ދުރަށްދާންޖެހޭ ކަމަށެވެ. ނަމަވެސް ހާސްވާންޖެހޭވަރުގެ ކަމެއް ނެތްކަމަށް ބައްޓޭ ބުންޏެވެ.

“ކަކުލު ހުޅަށް އަނިޔާވީ، އަނެއްގޮތަށް ނެތް އެއްވެސްކަހަލަ ބޮޑު އެންޖަރީއެއް. އެކަމަކު ފާއްޓޭ ޖެހޭނެ ހަފްތާއެއް ދެހަފްތާއެއްވަރު ނުކުޅެ ހުންނަން. ފައިނަލް ބުރަށް ފިޓްވާނެ. އެހެންވީމާ ހާސްކަމެއްނެތް” ބައްޓޭ ބުންޏެވެ.

ފާއްޓޭއަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރުގެ ބޭބެއެވެ. އޭދަފުށީގެ ސަތޭކަ ފަސެންޓް އުފެއްދުމެއް ކަމަށްވާ ފާއްޓޭއަކީވެސް ގައުމީ ފެންވަރުގައި ދެއަހަރެއްހާދުވަހު މާލޭގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. އޭވައިއެލްގައި މޮޅު ކުޅުމެއް ދެއްކި ފާއްޓޭ، ގައުމީ ފެންވަރުގައި ކުޅުން ހުއްޓާލީވެސް އަނިޔާގެ މައްސަލަތަކާހުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top