ފަޅުރަށްރަށް ވަރުވާއަށް ލިޔެދޭ ގަވާއިދު ބަދަލުކޮށް މުއްދަތު 10 އަހަރަށް

DSCN2531-800x502-800x502.jpg

ބ.އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ހިބަޅިދޫ

ފަޅުރަށްރަށް ވަރުވާއަށް ލިޔެދޭ މުއްދަތު 10 އަހަރަށް އިތުރުކޮށް، ފަޅުރަށްރަށާ ބެހޭ ގަވާއިދަށް ފިޝަރީޒް މިނިސްޓްރީން މިއަދު އިސްލާހު ގެނެސްފި އެވެ.

2020 ވަނަ އަހަރު ފަޅުރަށްރަށާ ބެހޭ އާ ގަވާއިދަށް ފިޝަރީޒް މިނިސްޓްރީން އަމަލުކުރަން ފެށިއިރު، ފަޅުރަށެއް ވަރުވާ އަށް ލިޔެދެވޭ އެންމެ ދިގު މުއްދަތުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ފަސް އަހަރެވެ. އެކަމަކު އޭގެ ކުރިން އަމަލުކުރި ފަޅުރަށްރަށާ ބެހޭ ގަވާއިދުގައިވެސް ވަރުވާ އަށް ލިޔެދެވޭ އެންމެ ދިގު މައްދަތުގެ ގޮތުގައި އޮތީ 10 އަހަރެވެ.

މިއަދު އަމަލު ކުރަން ފެށި ގަވާއިދަށް އިތުރު ކުރި ކަންކަމުގެ ތެރޭގައި ފަޅުރަށެއް ވަރުވާ އަށް ހިފާ ފަރާތުން އެ ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސައި ރަށް ބަލަހައްޓާނެ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ރަށުގައި ހަދަން ޖެހެ އެވެ. އަދި އެތަނަށް ހަދާނެ ގޮތުގެ ޑިޒައިން މިނިސްޓްރީ އަށް ހުށަހަޅާ އެ މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ޖެހެ އެވެ.

މީގެ އިތުރުން ވަރުވާއަށް ލިޔެފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިޚްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެން ނުވާކަމަށް ގަވައިދުގަިއ ބުނެފައި ވެއެވެ.

ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށް މިހާރު ބަލަހައްޓަނީ ކައުންސިލް ތަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top