ރިސޯޓް މުވައްޒަފުންނަށް ދެ އޮފް ދުވަސް ލިބޭގޮތަށް ގާނޫނަށް އިސްލާހެއް

4730bda9-81fa-4e6b-a4a0-cb2df3b8fbd2.webp

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: --- ފޮޓޯ/ މަޖިލިސް

ރިސޯޓު މުވައްޒަފުންނަށް ހަފްތާއެކު ދެ އޮފް ދުވަސް ދޭން ކަނޑައެޅުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ރިސޯޓު މުވައްޒަފުން އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރާ ކަމަށާއި އެ މުވައްޒަފުންނަށް ހަފްތާއަކު ދެ އޮފް ދުވަސް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅާ ކަމަށެވެ.

”އަޅުގަނޑު ހުށަހަޅާލަން ބޭނުންވޭ ވަޒީފާއާ ބެހޭ ގާނޫނަށް, ހަފުތާއެކު ދެ ދުވަސް, ޚާއްސަކޮށް ޓޫރިސްޓު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އޮފް ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް،“ މައުރޫފް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން އޮފް ދުވަސް އެއްކުރުމުގެ އިޚްތިޔާރު އޮންނަނީ ވަޒީފާ ދޭ ފަރާތްތަކަށް ދޫކޮށްލާފައި ކަމަށާއި ނަމަވެސް އެ އުސޫލު ބަދަލުކުރަންޖެހޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ރިސޯޓު މުވައްޒަފުންނަށް މިހާރަށް ވުރެ ގިނައިން އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top