އޭދަފުށީގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި

Fb3-N2LUYAE6lLt.jpg

އޭދަފުށީގައި ފުޓްސަލްދަނޑެއް އަޅަން ބަޔަކާ ހަވާލު ކޮށްފި އެވެ.

50 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާގޮތަށް ހަވާލުކުރީ ތްރީ ޓްރީ މޯލްޑިވްސް އާއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި ތްރީ ޓްރީ މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު ސަދީމް އިބްރާހީމެވެ. ޔޫތު މިނިސްޓްރީން ސޮއިކުރީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާސިހް ރަޝީދު އެވެ.

މި ދަނޑު އަޅަން ނިންމާފައިވަނީ އޭދަފުށީ ހުޅަނގު ދެކުނު ހިއްކި ބިމުގައެވެ.

މި މަސައްކަތަށް ޚަރަދުވާނެ ކަމަށް ޔޫތު މިނިސްޓްރީން އަންދާޒާ ކޮށްފައިވަނީ 1،479،532.68 ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top