އުރީދޫގެ ”އެވީ”: ދިވެހި ފުރަތަމަ ވާޗުއަލް އެސިސްޓަންޓް

l_166661363345ZzYu.jpg

އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ދިވެހިބަހުން ވާހަކަދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް، އުރީދޫ މޯލްޑިވްސް ގެ ”އެވީ“ މިއަދު ތައާރަފު ކޮށްފިއެވެ.

“އެވީ” ތައާރަފް ކޮށްދެއްވީ، މޭންހެޓަން ބިޒްނަސް ހޮޓެލްގައި އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އެ ރަސްމިއްޔާތުގައި ޝައުނާއާއެކު އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ދިވެހި ރަތް ލިބާހުގައި ހުންނަ އަންހެން ކެރެކްޓާ, “އެވީ” މެދުވެރިކޮށް, އުރީދޫގެ އެޖެންޓަކާ ވާހަކަދެއްކުމަށް, ކަސްޓަމާ ކެއާ ހޮޓްލައިން ނަންބަރު 929 ގުޅައިގެން ލައިންގައި މަޑުކުރުމުގެ ބަދަލުގައި ޑޭޓާ, ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރާއި ބިލުތަކާ ބެހޭ މައުލޫމާތު ދިވެހި ބަހުން ހޯދޭނެއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ އުރީދޫން ތައާރަފްކުރި އެ ޚިދުމަތާއެކު އެކި އުމުރުފުރާގައި އުރީދޫގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށްވެސް ފަސޭހަވާނެ ކަމަށެވެ.

ގިނަ ފަހަރަށް ޓެކްނޮލޮޖީ ކުރިއަރާ ވަރަކަށް ބައެއް މީހުން އެ ޚިދުމަތްތައް ބޭނުންކުރުމަށް ނުކުޅެދޭ ކަމަށާއި ދިވެހި ބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓެންޓެއް ތައާރަފްކުރުމަކީ އެކަމަށް ވެސް ލިބިގެންދާ ހައްލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“ޓެކްނޮލޮޖީގެ އެއްވެސް ޚިދުމަތަކުން އެއްވެސް ރައްޔިތެއް ބާކީވެގެން ނުވާނެ،” އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެވީ ތައާރަފް ކުރުމުގެ އިތުރުން އުރީދޫއަށް ހާއްސަ ތާނަ ފޮންޓެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

އެ ފޮންޓު ތައާރަފުކޮށްދެއްވީ މިނިސްޓަރު ޔުމްނާއެވެ.

މި ހަފުލާގައި އުރީދޫން ވަނީ ޚާއްސަ ތާނަ ފޮންޓެއްވެސް ތައާރަފު ކޮށްފަ އެވެ. އެ ފޮންޓު ތައާރަފުކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ރާއްޖޭގައި އާންމުކޮށް މިހާރު ބޭނުންކުރަމުން އަންނަ ގިނަ ތާނަ ފޮންޓު އަމިއްލައަށް ފަރުމާކޮށް ހިލޭ އާންމުންނަށް ގެނެސްދޭ ހުސެއިން ނިޔާޒު ފަރުމާކުރި އުރީދޫގެ ފޮންޓުގެ ހަތަރު ސްޓައިލެއް ހިމެނެއެވެ. އެއީ ލައިޓް, ރެގިއުލާ, ބޯލްޑް އަދި އެކްސްޓްރާ ބޯލްޑެވެ.

މި ފޮންޓުތައް އުރީދޫ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top