”ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ ﷲ އަށް ފުރިހަމަ މާނައިގާ އީމާންވުމުން“

DSCN9428-800x468-800x468-1.jpg

އިންސާނާގެ ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.

“އީމާންކަން ހަރުދަނާކުރުން” މި މައުޟޫއު ގެ މައްޗަށް ޚާއްސަކޮށްފައިވާ  މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ބުނެފައިވަނީ  އީމާންކަމަކީ އިސްލާމްދީނުގެ
އަސާސް ކަމަށާއި ދުނިޔެވީ ޙަޔާތުގެ އުފަލާއި، އަރާމާއި، ބާއްޖަވެެރިކަން ލިބޭނީ އީމާންކަން 
ވަރުގަދަކޮށް، ހަރުދަނާކޮށްގެން ކަމަށެވެ.

ހަމަ އެހެންމެ ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް އެ މަންހަޖުތައް ތަންފީޒު ކުރުމުގެ ގޮތްތައް ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

“މިއަދު އަހަރެމެންގެ މުޖްތަމަޢުގައި ވެސް ތަޅާފޮޅުމާއި، މާރާމާރީ ވަނީ އާއްމުވެފައެވެ. ވައްކަމާއި، ޚިޔާނާތާއި، މަކަރުހެދުމާއި، އެކަކު އަނެކަކަށް ފުރައްސާރަކުރުން ވަނީ އިތުރުވެފައެވެ. ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި، ބަދުއަހްލާގީ އަމަލުތައް ވަނީ ހައްދު ފަހަނަޅައި ގޮސްފައެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި، އޭގެ ވިޔަފާރި ކުރުން ވަނީ އާއްމު ވެފައެވެ. މިފަދަ އަމަލުތަކަށް އަރައިގަނެވޭ ސަބަބަކީ، މާތް الله ހަނދުމަކުރުމުން އެއްކިބާވުމެވެ. އިމާންކަން ބަލިކަށިވުމެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.

އަހުރެމެންގެ މުޖްތަމަޢު ފާހިޝް އަމަލުތަކާއި، ކުށްތަކުން ސަލާމަތްކޮށް، އިސްލާހު ކުރެވޭނީ، މާތް الله އާއި، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެ، އަގީދާ ވަރުގަދަކޮށްގެން ކަމަށާއި އެކަލާނގެ ޙަޟްރަތަށް ރުޖޫއަވެ، އަޅުތަކުންނާއި އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްގެން ކަމަށްވެސް ޚުތުބާގައިފާހަގަ ކޮށްފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top