އުމުރުން އެންމެ 8 އަހަރު. ހިތާދޫ އަލްހާފިޒް އަމަން އަޙްމަދު ޢާޠިފް

262052_735e702b-5_-2048x1365-1.jpg

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް އަށް ދެއްވަނީ – ފޮޓޯ: ރައީސް އޮފީސް

އުމުރުން އެންމެ އަށް އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްގެން އެ ތާރީޚި ރެކޯޑް ، ބ.ހިތާދޫ ޑޭޒީމާގެ، އަލްހާފިޒު އަމަން އަހުމަދު އާތިފު ހޯދައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އޭނާ ވެފައިވަނީ އެ ޖަލްސާގެ އެންްމެ ޝަރަފުވެރި މަގާމާއި އެކު ކީރިތި ޤުރުއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޒަކަށެވެ.

އަމަން އަހުމަދު އާތިފަކީ، ވަރަށް ކުޑައިރުއްސުރެން ފެށިގެން، ކީރިތި ޤުރްއާން އަޑުއެހުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެމުން އައި ކުއްޖެއް ކަމަށް އަމަންގެ މަންމަ ލުބާނާ މުހައްމަދާއި، ބައްޕަ އަހްމަދު އާތިފް ބުންޏެވެ.  ޤުރްއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ކިބައިގައި ހުރިކަން މައިންބަފައިންނަށް ފާހަގަކުރެވިގެން، އުމުރުން 5 އަހަރުގައި ޤުރްއާން ދަސްކޮށްދިނުމުގެ މަސައްކަތް ފުރަތަމަ ފެށީ ގޭގައެވެ.

”ބ. ހިތާދޫ ޑޭޒީމާގެ އިން އެ ދެއްކީ ހަގީގަތުގައިވެސް އިންސާނެއްގެ ހިތާދުލުން ކުރެވޭނެ އެންމެ މަތިވެރި މަސައްކަތް. އަމަންގެ މައިންބަފައިންނާއި އާއިލާއާ މުދައްރިސުންނާއި މުޅި ހިތާދޫ ވަނީ މި ޝަރަފްގެ ފަހަތުގައި. އެހުރިހާ ބޭފުޅުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން. ކީރިތި ގުރުއާންގެ މޫރިތި އާޔަތްތަކުން އެބޭފުޅުންގެ ހިތްތަށް ޒީނަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްޓަކާ އަޅުގަނޑުމެން ފަހްރުވެރިވަން. ސާބަސް ރައްދު ކުރަން،“ރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އުމުރުން އެންމެ 6 އަހަރުގައި ގޭގައި ޤުރްއާން ހިތުދަސްކޮށް ނިންމުމަށްފަހު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގައި، ކީރިތި ޤުރްއާން މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

މުރާޖައާ ކުރުމުގެ މަސައްކަތް، ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 2021 އިން ފެށިގެން މޭ 2022ގެ ނިޔަލަށެވެ. އަމަން އަހުމަދު އާތިފު، ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރީ 4 އޮކްޓޫބަރު 2022 ގައެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އަލްޙާފިޒު އަމަން އަޙްމަދު އާތިފް ގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމް އިތުރު 12 ފަރާތަކަށް  ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top