ބިދޭސީންނަށް ރާއްޖޭގެ ގާނޫނުތައް ކިޔައިދޭން ކައުންސިލްތަކަށް އަންގަވައިފި

islamic-ministry-myskiy.jpg

ރާއްޖެ އަންނަ ބިދޭސީންނަށް ރާއްޖޭގެ ގާނޫނުތައް ކިޔައިދޭން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީންބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ އަދި، ފަތުރުވެރިންގެ ގޮތުގައިވެސް  ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތްކުރާ ގައުމެއް ކަމަށް ވާތީ އެ މީހުންނަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނުގެ  ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަށް، އިރުޝާދު ދިނުމަކީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށެވެ.

ސަރކިއުލަރ ގައި އިތުރަށް ބުނީ ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެ އަންނަ ބިދޭސީން އެމީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި އެކަންކަމުގައި ދިވެހިން ބައިވެރިވުމަކީ މަނާކަމެއްކަމަށެވެ. އަދި ރާއްޖޭގައި އުޅޭއިރު އާއްމު އިޖްތިމާއި މިންގަނޑާއި ހިލާފު ނުވާ ފަދަ ހެދުން އަޅަން އެ މީހުންނަށް އިރުޝާދުވެސް ދޭންޖެހޭނެކަމަށް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން މީހުން ގެންނަ ފަރާތްތަކުން މިކަންކަން ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top