ކުރިއަށް އޮތް ފަސް ދުވަހު ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް

IMG_20200724_134101732.jpg

މޫސުން ގޯސް ދުވަހެއް.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ރާއްޖޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35-40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

”އެހެން ކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ތިން ފޫޓާއި ހަތް ފޫޓާ ދެމެދުގައި،“ މެޓް އޮފީހުން ބުނެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top