ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

bhm.png

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ނެޝަނަލް ޕޭ ކޮމިޝަނުން ފަށައިފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގައި ވާހަކަ ދައްކަވަމުން ލޯކަލް ގަމާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖަ ތިނަކުން ހަތަރަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ބަދަލާއެކު ކައުންސިލްތަކުގެ މުސާރައާއި އިނާޔަތްތަކާ ގުޅިގެން އަންނާނެ ބަދަލުތަކުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ފައްޓަވާފައިވާކަމަށެވެ. އަދި ދަރަޖައަށް ގެނައި ބަދަލުގެ ކުރިއެރުން ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރަޖަ ބަދަލުވުމާއެކު، ޕޭ ކޮމިޝަނުން ގެންނަން ކަނޑައަޅާ ބަދަލުތައް ސަރުކާރުކާރަށް ހުށަހެޅުމަށް  ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އީދު ހަފްތާ ނިމުމާއެކު ވުޒާރާއިން ޕޭ ކޮމިޝަނާ ބައްދަލުކޮށް، އެބޭފުޅުން ސަރުކާރަށް ހުށައަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ކައުންސިލްތަކަށް ކުރިއެރުންތައް ލިބޭނެކަން ކަށަވަރު ކުރާނަން،”

ކައުންސިލްތައް ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ އިދާރީ މުވައްޒަފުން ކަމަށާއި ނަމަވެސް މިހާތަނަށް އެ މުވައްޒަފުންނަށް މާ ބޮޑު އަހަންމިއްޔަތުކަމެއް ނުދެވޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް މި އަހަރުގެ ޖެނުއަރީން ފެށިގެން ބޮޑު މުސާރަ ދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެކަން ފަސްކުރީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top