އާބާދީގައި 500 މީހުން ހަމަވާ ހުރިހާ ރަށެއްގައި މިއަހަރު އޭޓީއެމް ބަހައްޓަނީ

444-1.jpg

ބީއެމްއެލް އޭަދަފުށީ ބްރާންޗްގައި ބަހައްޓާފައި ހުރި އޭޓީއެމް .

އާބާދީގައި 500 މީހުންހަމަވާ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. މަރޮށީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އޭޓީއެމް ހިދުމަތް ނެތުމުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިވާ ވާހަކަ އަޑުއަހާ ކަމަށާ އެހެންވެ އާބާދީގައި 500 ހަމަވާ ހުރިހާ ރަށެއްގައި އޭޓީއެމް މި އަހަރު ތެރޭގައި ބަހައްޓާ މި އަހަރު ނިންމާނެ ކަމަށެވެ.

އެކަމުގެ ޕްލޭނެއް މި ސަރުކާރުގައި އޮތްކަން ފާގަަކުރައްވަމުން ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 35 ބްރާންޗް، 74 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top