އޭދަފުށިން، އިންނަމާދޫ ލަދު ގަންނަވާލައިފި

14329138_689584817873825_1506133352_o.jpg

މިނިވަން ޗެންޕިއަންޝިޕްގައި ޒޯން 3 ގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ރ. އިންނަމާދޫ ކޮޅަށް އޭދަފުށީ ޓީމުން 4 ލަނޑުޖަހައި އިންނަމާދޫ ލަދުގަންނަވާލައިފިއެވެ.

އޭދަފުށީ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މި މެޗު ފެށިގެން ދެޓީމުން ވެސް ވަނީ ރަނގަޅަށް ކުޅެ، ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ފަހަރަށް ލަނޑުޖަހާ ލީޑު ހޯދީ އޭދަފުށީ ޓީމުންނެވެ. 19 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އޭދަފުށީޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ނަމަވެސް އޭދަފުށީ ޓީމަށް ލީޑު ހިފާއްޓާލެވުނީ އެންމެ ފަސް މިނިޓެވެ. 23 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގެ އެހީގައި ބޮލުން ބޯޅަ ގޯލުގެތެރެއަށް ވައްދާލައިގެން އިންނަމާދޫގެ ކެޕްޓަން އަލީ އަފްރާހު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ފާސިރުވަނީ އޭދަފުއްޓަށް ލީޑު ނަގާދީފައެވެ.

ދެވަނަ ހާފްގައި އޭދަފުށީ ޓީމުގެ ކެޕްޓަން މަޖީދާ، އިޝާން ކާމިޔާބުކުރި ލަނޑާއެކުމެޗް ނިމުނީ 4-1 ލަނޑުން އޭދަފުއްޓަށް ބޮޑު މޮޅެއް ލިބިގެންނެވެ.

މިމޮޅާއެކު އޭދަފުށި ވަނީ ޒޯން ޗެންޕިއަންކަން ހޯދުމަށް އެއްފިޔަވަޅު ކައިރިއަށް ޖެހިލާފައެވެ. މިމުބާރާތުގައި ދެން މެޗެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ބައްދަލުކުރާނީ އިންނަމާދޫއާއި ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރެވެ. އޭދަފުއްޓާ ނައިފަރު ބައްދަލުކުރާ މެޗް އޮންނާނީ ހޮނިހިރުދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top