ނަރުގިސް ފަޚްރީ އިންޑިއާ ދޫކޮށްލައިފި؟

C8D_sGerg.jpg

ފިލްމް “ރޮކްސްޓާރ “އިން މަޝްހޫރުކަން ހޯދި އެކްޓްރެސް ނަރުގިސް ފަޚްރީ އަބަދުގެ އަބަދަށް އިންޑިއާ ދޫކޮށްލަން ނިންމައިފިއެވެ. އިމްރާން ހާޝިމީ އާއެކު އެންމެ ފަހުން ކުޅުނު “އަޒްހަރު”އަށް ފަހު އެމެރިކާގައި ދިރިއުޅޭ މައިންބަފައިންގެ ގާތަށް އެނބުރި ދިޔައީ ޑިރެކްޓަރ ޕްރޮޑިއުސަރ އުދޭ ޗޯޕްރާ އާއެކު އޮތް ލޯބީގެގުޅުން ކެނޑުމުން ލިބުނު ހިތްދަތިކަމަށް ކެތްނުކުރެވިގެންކަމަށް ޚަބަރުތައް ބުނެއެވެ.

” މިކަމުގައި ތެދާއި ދޮގުއެކުލެވިގެންވަނީ ކިހާވަރެއްކަން ނޭނގުނަސް މިއީ ހަމަގައިމުވެސް އޭނާގެ ފޭނުންނާއި އޭނާއާއެކު މަސައްކަތްކުރަން ބޭނުންވެފައި ތިބި މި ދާއިރާގެ މީހުންނަށް ލިބޭން ޝޮކެއް ކަމުގައި ވާނެއެވެ. ހަމަ މިއާއެކު ރިތޭޝް އާއެކު އޭނާ ކުޅެން ފަށާފައިވާ ފިލްމް “ބަންޖޯ “އަށް ދެންވާނީ ކިހިނެއްކަމާމެދު ވެސް އަންނަނީ ތަފާތު ގޮތްގޮތަށް ވާހަކަ ފެތުރެމުންނެވެ. ” އިންޑިއަން ފޯރަމްއިން މިޚަބަރު ގެނެސްދެމުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top