ސަމާލް! ”ތާޒާ” ފެނުގައި މައްސަލަ؟

l_31726625.jpg

އައިލެންޑް ބެވަރޭޖަރސް މޯލްޑިވްސްއިން އުފައްދާ “ތާޒާ “ފެނުގެ ބައެއްފުޅީގައި ބެޗްކޯޑާއި އުފެއްދި ތާރީޚް އެނގެން ނުހުރުމާއި ބައެއްފުޅީގައި ފުސްކަމެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެފަދަ ފުޅި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގަވައިފިއެވެ.  ފުސްކަމެއް ހުރިކަން ފާހަގަކުރެވިފައިވަނީ 1.5ލިޓަރުގެ ފެންފުޅިއާއި 500މިލިލިޓަރު އަދި 330މިލިލިޓަރުގެ ބައެއް ފެންފުޅީގައެވެ.

އެއޮތޯރިޓީން ބުނީ  މިމައްސަލަ ދިމާވެފައިވާކަން ފާހަގަކުރެވިފައިވަނީ މިދިޔަ ހަފްތާގައިކަމަށާ  މިގޮތް ދިމާވެފައިވަނީ ފުޅިތައް އުފެއްދުމުގެ ތެރޭގައި ދިމާވި މައްސަލައަކުން ކަމުގައެވެ.

އައިލެންޑް ބެވެރޭޖަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ އެ މައްސަލައަކީ ފެން އުފެއްދުމަށް ފުޅި ފުއްޕާ މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ދިމާވި ކަމެއްކަމަށާއި އެ މައްސަލަ މިއަދު ހައްލު ކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ފެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  އެ މައްސަލައިގެ ސަބަބުން އެކުންފުނިން ވިއްކާ ފެނުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top